Roadha Mihaaru

ފިލްމުފެއާ އެވޯޑްސް: މޮޅު ފިލްމަކީ "ތައްޕަޅު"

ފަސްދޮޅަސް ހަ ވަނަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ޑައިރެކްޓަރު އަނޫބަވް ސިންހާގެ "ތައްޕަޅު" އަށް ލިބިއްޖެ އެވެ.

ފިލްމުފެއާ: މޮޅު ފިލްމަކީ "ތައްޕަޅު"
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

29 މާޗް 2021

ފަސްދޮޅަސް ހަ ވަނަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ޑައިރެކްޓަރު އަނޫބަވް ސިންހާގެ "ތައްޕަޅު" އަށް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފުލާގައި 17 ކެޓަގަރީއަކުން ވާދަކުރި ފިލްމު އުފުލައިލި އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި ބަތަލާ ތާޕްސީ ޕައްނޫ އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑާއި އެންމެ މޮޅު ސްޓޯރީގެ އެވޯޑާއި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ (ރަގަވް ަޗައިތަނިއާ) ގެ އެވޯޑާއި އެންމެ މޮޅު އެޑިޓިން އާއި މޮޅު ސައުންޑް ޑިޒައިން އަދި އެންމެ މޮޅު ބެކްސްކޯ އެވޯޑް ހިމެނެ އެވެ.

ފިލްމުފެއާ އެވޯޑްސްގެ އުސްއަލިތައް:

* މޮޅު ޑައިރެކްޓަރު: އޯމް ރައުތު (ތާނާޖީ)

* މޮޅު ބަތަލު: އިރުފާން ޚާން (އަނގްރޭޒީ މީޑިއަމް)

* މޮޅު ސަޕޯޓިން ބަތަލާ: ފާރޯޚް ޖައްފާރު (ގުލާބޯ ސިތާބޯ)

* މޮޅު ސަޕޯޓިން ބަތަލު: ސައިފް އަލީ ޚާން (ތާނާޖީ)

* މޮޅު ބަތަލު (ކްރިޓިކްސް): އަމީތާބް ބައްޗަން (ގުލާބޯ ސިތާބޯ)

* މޮޅު ބަތަލާ (ކްރިޓިކްސް): ޓިލަތޯމާ ޝޯމް (ސާ)

* މޮޅު ފިލްމު ކްރިޓިކް: އީބް އަލޭ އޫ

* މޮޅު ސްކްރީންޕްލޭ: ސާ

* މޮޅު ޑައިލޮގް: ގުލާބޯ ސިތާބޯ (ޖޫހީ ޗަތުރަވެދީ)

* މޮޅު އާ ޑައިރެކްޓަރު: ރާޖޭޝް ކްރިޝްނަން (ލޫޓްކޭސް)

* މޮޅު ޅެން: ގުލްޒާރު (ޗަޕާކް)

* މޮޅު އަންހެން ލަވަކިޔުންތެރިޔާ: އަސީސް ކޯރް (މަލަންގް)

* މޮޅު މިއުޒިކް އަލްބަމް: ޕްރިތަމް (ލޫޑޯ)

* މޮޅު އެކްޝަން: ތާނާޖީ

* މޮޅު ސިނަމޮޓޯގްރަފީ: ގުލާބީ ސިތާބޯ

* މޮޅު ނެށުން: ފަރާ ޚާން (ދިލް ބޭޗާރާ)

* މޮޅު ކޮސްޓިއުމް ޑިޒައިން: ގުލާބީ ސިތާބޯ

* މޮޅު ޕްރޮޑަކްޝަން ޑިޒައިން: ގުލާބޯ ސިތާބޯ

* މޮޅު ވީއެފްއެކްސް: ތާނާޖީ

އެވޯޑް ހަފުލާއިން ވަރަށް ފޯރި ގަދަ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔަ އެވެ. އެގޮތުން ފަޕޯމްކުރި ތަރިންގެ ތެރޭގައި ރިތިކް ރޯޝަނާއި ސާރާ އަލީ ޚާނާއި ރާޖްކުމާރު ރާއޯ އާއި ނޯރާ ފަތުހީ އާއި ސަނީ ލިއޯނީ އާއި އަޔޫޝްމަން ކްރާނާ ހިމެނެ އެވެ.

އެވޯޑް ހަފުލާގެ ރެކޯޑިން އަންނަ މަހުގެ 11 ވަނަ ދުވަހު ކަލާޒް ޗެނެލް އިން ގެނެސްދޭނެ އެވެ.