މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 66 ވަނަ ފިލްމު އެވޯޑްސ ހަފުލާގައި ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ހުރީ "މަސްތުވެގެން" ކަމަށް ބުނެ ބައެއް ނޫސްވެރިން ދެއްކި ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
31 މާޗް 2021
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 66 ވަނަ ފިލްމު އެވޯޑްސ ހަފުލާގައި ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ހުރީ "މަސްތުވެގެން" ކަމަށް ބުނެ ބައެއް ނޫސްވެރިން ދެއްކި ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
ބޮލީވުޑަށް ނުކުތުމުގެ ވާހަކަ މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދައްކަމުން އަންނަ ބާބިލް އެވޯޑް ހަފުލާގައި ބައިވެރިވީ މިދިޔަ އަހަރުގެ އެޕްރީލްގައި މަރުވި ބައްޕަ އިރުފާނަށް ލިބުނު ދެ އެވޯޑަކާ ހަވާލުވާށެވެ. އެއީ ފިލްމު "އަނގްރޭޒީ މީޑިއަމް" އިން ލިބުނު އެންމެ މޮޅު ބަތަލުގެ އެވޯޑާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.
ފިލްމުގެއާ އެވޯޑް ހަފުލާގައި ބާބިލް ބައިވެރިވީ އިރުފާންގެ ހެދުމެއް ވެސް ލައިގެންނެވެ. ނަމަވެސް މީޑިއާތަކުގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ބާބިލްގެ "ސިކްވެފައި" އިން ލޮލެވެ. އަދި ވަރަށް ގިނަ ނޫސްވެރިން ވަނީ ބާބިލް ހުރީ "ބޮއެގެން ނައިސްވެފައި" ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ ވާހަކަތަކަށް ރައްދުދީ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި ބާބިލް ބުނީ އޭނާ މަސްތުވެގެން ހުރިތޯ ހަތް ނޫސްވެރިޔަކު ސުވާލުކުރި ކަމަށެވެ.
"ކަލޭމެންގެ ރިސާޗްތައް ވަރަށް މޮޅު،" ބާބިލް ބުންޏެވެ. "އެކަމަކު ބުނެލަން އޮތީ އަހަންނަކީ މިދިޔަ އަހަރު ޔުނިވަސިޓީ ނިންމާލި ގޮތަށް ހުރި ސާފު ޒުވާނެކޭ. އަހަރެންގެ މޫނުމަތިން ފެންނަން ހުރީ ގުދުރަތީ ގޮތުން އަހަރެންގެ މޫނުމަތި ހުންނަ ގޮތް. އެއީކީ އަހަރެން ބޮއެގެން ހައިވެގެންވެފައި ހުރި ގޮތެއް ނޫން."
އެކަމަށް އިޝާރާތްކޮށް ބާބިލް ބުނީ ނޫސްވެރިން ކުރި ތުހުމަތުން އޭނާގެ ލުކާ މެދު އިތުރު ހިތްވަރެއް ވެސް ލިބިއްޖެ ކަމަށެވެ.
"އެހެންވީމަ މި ލުކް ބޭނުންކޮށްގެން އަހަރެން ބޮލީވުޑްގައި މިލިއަނުން ފައިސާ ވެސް ހޯދާނަން." އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުގައި އެކްޓިން ކިޔަވާފައިވާ ބާބިލް ދާދި ފަހުން ބުނެފައިވާ ގޮތުގައި އޭނާ ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާނެ އެވެ. އެގޮތުން މިހާރު ވެސް ޕްރޮޖެކްޓްތަކަކަށް ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ބާބިލް އަކީ އިރުފާންގެ ދެ ފިރިހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ އަޔާން ޚާނެވެ.
ޖައިދީޕާ އެކު ބާބިލް.
ފިލްމުފެއާ އެވޯޑް ހަފުލާގައި ބާބިލް ބުނި ގޮތުގައި ބައްޕަ އިރުފާން ހުރީ އޭނާ އެކްޓިން އަށް ކުރިއަށްދާން އެހީތެރިވެދޭ ގޮތަށެވެ. އެކަމަކު މިހާރު ބައްޕަ ދުނިޔޭގައި ނެތުމުން އޭނާ މެންޓޯއެއްގެ ގޮތުގައި ދެކޭނެ އެކަކީ އެކްޓަރު ޖައިދީޕް އަހުލުވާތު ކަމަށް ބުންޏެވެ. ބާބިލް ބުނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އަޔޫޝްމަން ހުރާނާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ ތުރިޕަތީ ދިމްރީ އާއި ޕަންކަޖް ކަޕޫރާއި ވިޖޭ ޝަރުމާ އާއި ރާޖްކުމާރު ރާއޯ ފަދަ ތަރިންނަކީ ވަރަށް ކަމުދާ ބައެއް ކަމަށެވެ.
ފިލްމުފެއާ އެވޯޑް ހަފުލާގެ ރެކޯޑިން އަންނަ މަހުގެ 11 ގައި ކަލާޒް ޗެނެލުން ގެނެސްދޭނެ އެވެ.
ފިލްމްފެއާގައި އެންމެ ގިނަ އެވޯޑް "ލާޕަތާ ލޭޑީސް"އަށް
ފިލްމްފެއާ އެވޯޑުގައި ރަންބީރާއި އާލިއާ ވިދާލައިފި
އިރްފާންގެ ފަހު ފިލްމު ވަރަށް އަވަހަށް އަޅުވާނެ
އިރުފާންގެ ރިލީޒްނުވެ އޮތް ފިލްމެއް ޔޫޓިއުބަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދަރިފުޅު ބާބިލްއާ އެކު ފިލްމެއް ހަދަން އިރުފާން އުޅުނު
އިރުފާންގެ ދަރިފުޅު އަމީތާބާ އެކު މަސައްކަތްކޮށްލަން ބޭނުން
އިރުފާން ޚާންގެ ދަރިފުޅު ބާބިލް ތައާރަފްކުރާނީ އަނުޝްކާ
ރާޖްގެ އުންމީދަކީ އިރުފާން ކަހަލަ އެކްޓަރަކަށްވުން
ފިލްމުފެއާ: މޮޅު ފިލްމަކީ "ތައްޕަޅު"