03 އެޕްރީލް 2021
މުހައްމަދު އައްޒާމް ޖެހި ދެ ލަނޑާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީ އަތުން 2-0 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ދެވަނަ ބުރުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މުހައްމަދު އައްޒާމް ޖެހި ދެ ލަނޑާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީ އަތުން 2-0 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ދެވަނަ ބުރުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މިއީ ޓީސީގެ ކޯޗުކަމާ މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވި ފަހުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވެ ޓީސީ ވަނީ 12 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.
މި މެޗުގެ ނަތީޖާއާއެކު، ތާވަލްގެ ފުލުގައި އޮތް ޔުނައިޓަޑް ވިކްޓަރީގެ މޮޅުނުވުމުގެ ރެކޯޑަށް ވަނީ އިތުރު މެޗެއް އަނެއްކާ ވެސް އިތުރުވެފަ އެވެ.
މެޗުގެ 21 ވަނަ މިނިޓުގައި ޓީސީގެ ކެޕްޓަން އަައްޒާމް އެ ޓީމަށް ލީޑު ހޯދައިދިނީ ޕެނަލްޓީއަކުންނެވެ. މިއީ ޔުނައިޓަޑް ވިކްޓަރީގެ އަހްމަދު ވިޝާމް (ޖެރާޑް) އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމުން، ޓީސީ އަށް ލިބުނު ޕެނަލްޓީއެކެވެ.
އެކަަމަކު ޓީސީން މެޗުގައި ލީޑު ނެގުމުގެ ކުރިން، ޔުނައިޓަޑް ވިކްޓަރީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން، އެ ޓީމުގެ އަހްމަދު ނިޒާމް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު، އިސްމާއިލް އީސާ (މެސީ) ވެސް ވަނީ ރަނގަޅު ފުރުސަތެއް ނަގާލައިފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޓީސީން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖެހީ އައްޒާމެވެ.
މެޗުގެ ބާކީ އޮތް ވަގުތުކޮޅު ތެރޭގައި ޔުނައިޓަޑް ވިކްޓަރީން ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް، އެ ޓީމަށް އިތުރު ގޮންޖެހުމެއް ކުރިމަތިވީ ދެވަނަ ރީނދޫ ކާޑަކާއެކު، ޖެރާޑް ރަތްކާޑެއް ހޯދުމުންނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ސުޕަ ޔުނައިޓަޑް ސްޕޯޓްސް އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ހަމްދޫންގެ ގޯލުތަކާއެކު ޔޫވީ ބަލިކޮށް ޓީސީ ކުރިއަށް
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޔޫވީ ބަލިކޮށް ޓީސީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި
ސަސް އާއި ބުރު ވެސް މޮޅަކާ އެކު މަގާމު ދަމަހައްޓައިފި
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟