Roadha Mihaaru
އަނެއްކާވެސް ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

އަނެއްކާވެސް ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

08 އެޕްރީލް 2021

ސުޕީރިއާ ދެ ކޯޓެއްގެ ދެ ފަނޑިޔާރަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ދެ ޝަކުވާއެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސުޕީރިއާ ދެ ކޯޓެއްގެ ދެ ފަނޑިޔާރަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ދެ ޝަކުވާއެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އަމަލުކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ހުކުމް ތަންފީޒު މައްސަލައެއް ނިންމެވި އިރު، މައްސަލާގައި ހިމެނޭ އެއްވެސް ފަރާތެއް ހާޒިރު ނުކޮށް މައްސަލަ ނިންމެވި ކަމަށް ބުނާ މައްސަލައެއް ވެސް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މި ދެ މައްސަލަ ތަހުގީގުކުރަން ނިންމައި އެކަމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އެތައް މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.