Roadha Mihaaru
ސެމީން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: އާޓެޓާ

ސެމީން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: އާޓެޓާ

09 އެޕްރީލް 2021

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިޔަސް، އާސެނަލް އަށް ސެމީ ފައިނަލްގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ ނިކޮލަސް ޕެޕޭ މެޗުގެ 86 ވަނަ މިނިޓުގައި ޖެހި ލަނޑާއެކު އާސެނަލް ލީޑު ހޯދުމުން، އެ ޓީމު މެޗުން މޮޅުވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްލާވިއާ ޕްރާގްގެ ތޯމަސް ހޯލްސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗަށް ފަހު އާޓެޓާ ބުނީ ފަހު ވަގުތު މި މެޗު އެއްވަރުވިޔަސް، ދެވަނަ ލެގުން މޮޅުވެ އާސެނަލް ސެމީން ޖާގަ ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އާސެނަލް ސެމީން ޖާގަ ހޯދާނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. އެހެން ނޫން ނަމަ އަހަރެން މި މަގާމުގައި ނުހުންނާނަން،" އާޓެޓާ ބުންޏެވެ. "އަހަރަމެންގެ އަމާޒަކަށް ވާންޖެހޭނީ ލަނޑުތަކެއް ޖަހައި، ދެވަނަ މެޗު ކާމިޔާބުކުރަން. މިހާރު މި އޮތް ގޮތުން ލަނޑެއް ނުޖަހައި، ސެމީގެ ޖާގައެއް ނުލިބޭނެ."

ރޭގެ މެޗުގައި އާސެނަލްގެ ފޯވަޑް ޕިއޭ އެމްރިކް އަބާމަޔަންގަށް ފުރަތަމަ 11 އިން ޖާގައެއް ނުލިބެ އެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެންއެރި އެވެ.

އާޓެޓާ ބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި އަބާމަޔަންގް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރާނާޑާ އަތުން ރަށުން ބޭރުގައި ޔުނައިޓަޑް މޮޅުވީ 2-0 އިންނެވެ. އަޔަކްސް އަތުން 2-1 އިން ރޯމާ ރަށުން ބޭރުގައި މޮޅުވިއިރު، ޑައިނަމޯ ޒަގްރެބް އަތުން ވިޔަރެއާލް މޮޅުވީ 1-0 އިންނެވެ.