Roadha Mihaaru
މިލާންގެ މާޗްމަހު މުސާރަ ނުނަގަން މަންޒޫކިޗް ނިންމައިފި

މިލާންގެ މާޗްމަހު މުސާރަ ނުނަގަން މަންޒޫކިޗް ނިންމައިފި

17 އެޕްރީލް 2021

މިލާން (17 އޭޕްރީލް) - އަނިޔާގެ ސަބަބުން މިދިޔަ މަހު އޭސީ މިލާންގެ ޓީމަށް އެއްވެސް މެޗެއްގައި ނުކުޅެވުނު އެ ޓީމު ފޯވަޑް މާރިއޯ މަންޒޫކިޗަށް، އެ ކުލަބުން ދޭން ޖެހޭ މިދިޔަ މަހު މުސާރަ ނުނަގަން އޭނާ ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (17 އޭޕްރީލް) - އަނިޔާގެ ސަބަބުން މިދިޔަ މަހު އޭސީ މިލާންގެ ޓީމަށް އެއްވެސް މެޗެއްގައި ނުކުޅެވުނު އެ ޓީމު ފޯވަޑް މާރިއޯ މަންޒޫކިޗަށް، އެ ކުލަބުން ދޭން ޖެހޭ މިދިޔަ މަހު މުސާރަ ނުނަގަން އޭނާ ނިންމައިފި އެވެ.

ކްރޮއޭޝިއާގެ ކުރީގެ ފޯވަޑް ޖެނުއަރީގައި މިލާން އަށް ސޮއި ކުރީ، ހަ މަހުގު އެއްބަސްވުމެއް ދަށުންނެވެ. އެހެންނަމަވެސް ކުޑަހުޅަށާއި ފަލަމަސްގަނޑަށް ލިބުނު އަނިޔާ އާ ގުޅިގެން އޭނާ ގިނައިން ހުންނަން ޖެހުނީ ދަނޑުން ބޭރުގަ އެވެ. މިލާންގެ ޓީމަށް އަދި އޭނާއަށް ކުޅެވުނީ ފަސް މެޗެވެ. އެންމެ ފަހުން މެޗެއް ކުޅުނީ ފެބްރުއަރީ 18 ގައި ޔޫރޮޕާ ލީގްގަ އެވެ.

އޭނާއަށް، މިދިޔަ މަހު އެއްވެސް މެޗެއްގައި ނުކުޅެވުމުން މަންޒޫކިޗް ވަނީ، މިލާންއިން އޭނާއަށް ދޭން ޖެހޭ މުސާރަ، ޗެރިޓީއަށް މަސައްކަތް ކުރާ މިލާން ފައުޑޭޝަނަށް ހަދިޔާ ކުރުމަށް ނިންމައިފަ އެވެ.

މަންޒޫކިޗްގެ ނިންމުމާ ގުޅިގެން، މިލާންގެ ރައީސް، ޕައޮލޯ ސުކަރޯނީ ވިދާޅުވީ އެކަމަކީ މަންޒޫކިޗްގެ ހެޔޮ ހުލުގު އަންގައިދޭ ކަމެއް ކަމަށެވެ. އަދި އޭނާގެ ޕްރޮފިޝަނަލިޒަމް އާއި މިލާންއަށް އޮތް އޭނާގެ އިހުތިރާމު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ސުކަރޯނީ ސިފަ ކުރި އެވެ.

މަންޒޫކިޗް، 34 އަށް މުސާރައިގެ ގޮތުގައި މަހަކު 300،000 ޔޫރޯ މިލާންއިން ދެ އެވެ.