Roadha Mihaaru
އާފަލަށް އޯޑަރުކުރުމުން ހަދިޔާއަކަށް އެޕަލް ފޯނެއް

އާފަލަށް އޯޑަރުކުރުމުން ހަދިޔާއަކަށް އެޕަލް ފޯނެއް

19 އެޕްރީލް 2021

އޮންލައިންކޮށް ގަންނަ އެއްޗެހި ލިބޭ އިރު ހީވެސް ނުކުރާ ކަހަލަ އެއްޗެހި ލިބޭ ފަހަރު ދިމާވެ އެވެ. އެކަމަކު މިއީ މުޅިން ތަފާތު އަދި މާ ރަނގަޅަށް ދިމާވި ކަމެކެވެ. އާފަލަށް އޯޑަރުކުރުމުން އެއާ އެކު ހަދިޔާއެއްގެ ގޮތުގައި އެޕަލް ކުންފުނީގެ އައިފޯނެއް ލިބުނީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮންލައިންކޮށް ގަންނަ އެއްޗެހި ލިބޭ އިރު ހީވެސް ނުކުރާ ކަހަލަ އެއްޗެހި ލިބޭ ފަހަރު ދިމާވެ އެވެ. އެކަމަކު މިއީ މުޅިން ތަފާތު އަދި މާ ރަނގަޅަށް ދިމާވި ކަމެކެވެ. އާފަލަށް އޯޑަރުކުރުމުން އެއާ އެކު ހަދިޔާއެއްގެ ގޮތުގައި އެޕަލް ކުންފުނީގެ އައިފޯނެއް ލިބުނީ އެވެ.

އާފަލަށް އޯޑަރުކުރި އިނގރޭސިވިލާތުގެ ނިކް ޖޭމްސް، 50، އަށް އަށް އައިފޯނެއް ލިބުމުން ވީ ބޮޑު އަޖައިބަކަށެވެ. އޭނާ ޓްވިޓާގައި އެ ވާހަކަ ކިޔައިދީފައިވެ އެވެ. ނިކް ބުނި ގޮތުގައި ޓެސްކޯ އަށް އޯޑަރުކުރި އާފަލު ބަލައި ދިއުމުން ލިބުނީ އައިފޯން އެސްއީއެކެވެ.

ނިކް ކިޔައި ދިން ގޮތުގައި އަސްލު މިކަން ދިމާވީ އޭނާ އޯޑަރުކުރި ޓެސްކޯގެ އައުލެޓްލެޓުން ހަފުތާއަކަށް ކުރިއަށް ގެންދިޔަ "ސުޕަ ސަބްސިޓިޓިއުސް" ޕްރޮމޯޝަންގެ ތެރެއިންނެވެ. ރެންޑަމްކޮށް ހާއްސަ އިނާމުތަކެއްދޭތީ އައިފޯނު ލައްވައިލި އިރު އެ ޕްރޮމޯޝަނުގެ ތެރޭގައި އައިފޯނާއި އެއާޕޮޑާއި ސެމްސަންގްގެ ޑިވައިސްތައް ދީފައިވެ އެވެ.

"ޓެސްކޯ މުވައްޒަފަކު އަހަރެންގެ އަތަށް ކޮތަޅު ދީފައި ބުނަނީ ސަޕްރައިޒެއް ވެސް އޮންނާނޭ. ދެން އަހަރެން ހީކުރީ އީސްޓަ އެގެއް ކަހަލަ އެއްޗެކޭ އޮންނާނީ. އެކަމަކު ކަނޑާލައިގެން ބަލައިލި އިރު އޮތީ އައިފޯނެއް،" މިރާ އަށް ނިކް ބުންޏެވެ.