Roadha Mihaaru
އައިފޯން 16 ބެސްޓްބައި މޯބައިލްގެ ޑިސްޕްލޭއަށް

އައިފޯން 16 ބާޒާރަށް ނެރުނު ދުވަހު ބެސްޓްބައި މޯބައިލްގެ ޑިސްޕްލޭ އަށް، ފެށޭ އަގު 17،999ރ.

20 ސެޕްޓެމްބަރ 2024

އެފަލް އިން އެންމެ ފަހުން ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް ބެސްޓްބައި މޮބައިލްގެ ފިހާރަތަކުގައި މިއަދު ޑިސްޕްލޭކޮށްފި އެވެ.

އެފަލް އިން އެންމެ ފަހުން ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް ބެސްޓްބައި މޮބައިލްގެ ފިހާރަތަކުގައި މިއަދު ޑިސްޕްލޭކޮށްފި އެވެ.

ބެސްޓްބައި މޯބައިލްއަކީ ސިންގަޕޫރުގެ އެޕަލްގެ ކީ ޕާޓްނަރެކެވެ. ދުނިޔޭގެ ބާޒާރަށް މިއަދު ނެރުނު އައިފޯން 16 އެންމެ ފުރަތަމަ ރާއްޖެ ގެނެސް ޑިސްޕްލޭ ކުރި ބަޔަކަށް މިހާރު ވެފައި ވަނީ ބެސްޓްބައި މޯބައިލެވެ.

އައިފޯން 16 ޑިސްޕްލޭކޮށް އެ ފިހާރާއިން މިއަދު ވަނީ ޕްރީ-އޯޑަރަށް ހުޅުވާލައިފަ އެވެ. އެ ފޯނުތައް ވިއްކަން ފަށަނީ މި މަހުގެ 27 ގަ އެވެ.

ބެސްޓްބައި މޯބައިލް ފިހާރައިން އައިފޯން 16 އާއި އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ވެސް ލިބޭނެ އެވެ. މި ފޯނުތަކުގެ ހުރިހާ ކުލައެއް ވެސް ލިބެން ހުންނާނެ ކަމަށް ބެސްޓްބައި މޮބައިލުން ބުންޏެވެ.

އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް ބެސްޓްބައި މޮބައިލްގެ ފިހާރައެއްގައި ޑިސްޕްލޭކޮށްފައި.-- ފޮޓޯ: ބެސްޓްބައި މޯބައިލް

އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް ބެސްޓްބައި މޮބައިލްގެ ފިހާރައެއްގައި ޑިސްޕްލޭކޮށްފައި.-- ފޮޓޯ: ބެސްޓްބައި މޯބައިލް

ބެސްޓްބައި މޮބައިލުން އައިފޯން 13 ލިބެން ހުންނަ އަގުތައް

• އައިފޯން 16 128ޖީބީ: 17،999ރ.

• އައިފޯން 16 ޕްރޯ 128ޖީބީ: 24،499ރ.

• އައިފޯން 16 ޕްރޯ 256ޖީބީ: 26،499ރ.

• އައިފޯން 16 ޕްރޯ މެކްސް 256ޖީބީ: 29،499ރ.

• އައިފޯން 16 ޕްރޯ މެކްސް 512ޖީބީ: 32،999ރ.

އެ ފިހާރައިން މި ފޯނުތައް ގަންނަން ބޭނުންވާ މީހުންނަށް އެމްއެފްއެލްސީ އާއި ބީއެމްއެލް އިސްލާމިކް އާއި ބީއެމްއެލް އިޒީ ޕޭ އާއި އިސްލާމިކް ބޭންކު އަދި ޕޮލްކޯ މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ.

ބެސްޓްބައި މޮބައިލްގެ އޮފިޝަލަކު ވިދާޅުވީ މި ފޯނުތައް މިހާރުން ފެށިގެން ޑިސްޕްލޭކުރީ ކަސްޓަމަރުން ފިހާރައަށް ގޮސް، އެ މީހަކަށް ކަމުދާ ފޯނެއް ބަލައިފައި ޕްރީ-އޯޑާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފިހާރައިން ވިޔަފާރި ކުރެވޭނެ ކަމަށާއި ފިހާރައިން ވިޔަފާރިކުރުމުން ކާގޯ ކޮށްދިނުމާއި ބޯޓުތަކަށް ޑެލިވާކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބެސްޓްބައި މޯބައިލުން ވިއްކާ ފޯނުތަކަށް ލޯކަލް އަދި އިންޓަނޭޝަނަލް ވޮރެންޓީ ވެސް ލިބޭނެ ކަމަށެވެ.