Roadha Mihaaru
އެސްޓީއޯ "ރަމަޒާން ބާޒާރު"ގެ މުއްދަތު އިތުރުކޮށްފި

ތަރުހީބު ބޮޑުވެ އެސްޓީއޯ "ރަމަޒާން ބާޒާރު"ގެ މުއްދަތު އިތުރުކޮށްފި

21 އެޕްރީލް 2021

އެސްޓީއޯ އިން މިދިޔަ ފެބްރުއަރީ މަހު ފެށި "ރަމަޒާން ބާޒާރު" އަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުވުމުން މުއްދަތު އިތުރުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން މިދިޔަ ފެބްރުއަރީ މަހު ފެށި "ރަމަޒާން ބާޒާރު" އަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުވުމުން މުއްދަތު އިތުރުކޮށްފި އެވެ.

އެސްޓީއޯ އިން މި އަހަރުގެ ޕްރޮމޯޝަން ކުރިއަށްގެންދަން ނިންމީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި ވަނީ މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓާއި ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އިރު ޓީވީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ޕްރޮމޯޝަންގައި މިފަހަރު ވަނަތަކަށް ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ހިމެނޭ ޕެކޭޖުތަކެއް ދިނުމަށް ނިންމާފައިވެ އެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީ އަކާއި ހިޓާޗީ ފްރިޖް، ޓެކްނޯ ދޮންނަ މެޝިން، ފިލިޕްސް ސައުންޑް ބާ، ސެންފޯޑް އަވަނެއް ލިބޭނެ އެވެ.

ދެ ވަނަ އަށް ދޭ އިނާމްތަކަކީ ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނަރަކާއި ކުކަރެކެވެ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނީ ހޯމް އިމްރޫވްމަންޓުން 1،000ރ. އިން މަތީގެ ވިޔަފާރި ކުރާ މީހުންނަށެވެ. އަދި ސުޕަމާޓުން ނަމަ 500ރ. ގެ ވިޔަފާރި ކުރާ މީހުންނަށް ވެސް ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު އެއްވެސް ކަސްޓަމަރަކަށް އިނާމެއް ދިނުމަށް ސްޓާފެއްގެ މޯބައިލް ނަންބަރުން ގުޅައި ކަސްޓަމަރުންގެ އެކައުންޓް މައުލޫމާތު ނުހޯދާނެ ކަމަށެވެ. އެހެންކަމުން މިފަދަ ކޯލްތަކަށް ހުރިހާ އެންމެން ވެސް ސަމާލުވުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ.