Roadha Mihaaru

އެއާޕޯޓުގައި ހާދިސާއެއް ހިނގައި ސްރީލަންކަންގެ މަތިންދާބޯޓަކަށް ގެއްލުންވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓަކަށް ގެއްލުން ލިބިއްޖެ އެވެ.

އެއާޕޯޓުގެ އެކްސިޑެންޓެއްގައި މަތިންދާބޯޓަކަށް ގެއްލުން
އިދުހާމް ނައީމް
އިދުހާމް ނައީމް

21 އެޕްރީލް 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓަކަށް ގެއްލުން ލިބިއްޖެ އެވެ.

ބެލެވޭގޮތުގައި މި އެކްސިޑެންޓު ހިނގީ މަތިންދާބޯޓަަށް މީހުން އަރާފައިބަން ބޭނުން ކުރާ ސިޑިއަކާއި ސްރީލަންކަންގެ ބޯޓު ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ސިޑި އަށާއި މަތިންދާބޯޓަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

އެކްސިޑެންޓުގައި ސިޑި އަށް ގެއްލުން ލިބިފައި-- ފޮޓޯ: ހުސައިން ރިޒާން/ ޓްވިޓާ

އެކްސިޑެންޓުގައި ސިޑި އަށް ގެއްލުން ލިބިފައި-- ފޮޓޯ: ހުސައިން ރިޒާން/ ޓްވިޓާ

ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގެ ސަބަބުން ސްރީލަންކަންގެ ފްލައިޓުގެ ފަހަތުގައި ހުންނަ ފިޔަގަނޑެއް ވަނީ ބިންދައިން ގޮސްފަ އެވެ.

މިފަދަ އެކްސިޑެންޓެއް މިއަދު ހިނގިކަން އެމްއޭސީއެލުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ހިނގީ ކުޑަ އެކްސިޑެންޓެއް ކަމަށާއި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން އެކްސިޑެންޓާ ގުޅިގެން ކުރި ޓްވީޓު--

އެމްއޭސީއެލުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.