Roadha Mihaaru

ގަތަރުގެ ފްލައިޓެއް ކުއްލި ހާލަތުގައި ވީއައިއޭ އަށް ޖައްސައިފި، އެއާޕޯޓު ތައްޔާރީ ހާލަތުގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިރޭ ފުރި ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަލުން ޖައްސައިފި އެވެ.

ގަތަރުގެ ފްލައިޓެއް ކުއްލި ހާލަތުގައި ޖައްސައިފި
މޫސާ ރަޝީދު
މޫސާ ރަޝީދު

06 އޯގަސްޓް 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިރޭ ފުރި ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަލުން ޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި ވީއައިއޭ އިން ދޯހާ އަށް ފުރި ގަތަރު އެއާވޭސްގެ ފްލައިޓު އަލުން ޖެއްސީ ދެންމެއަކު އެވެ.

އެކަމާ ގުޅިގެން، ރާއްޖޭގެ މައި އެއާޕޯޓް މިހާރު އޮތީ ކުއްލި ހާލަތަށް ގެނެސް ރަންވޭ ކައިރިއަށް ފަޔާ ލޮރީތަކާއި އެހެނިހެން ސަލާމަތީ އެހީތެރިކަން ދިނުމަށް ތައްޔާރުވެފަ އެވެ.

މަތިންދާބޯޓު އަނބުރާ ޖައްސާފައި ވަނީ ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން ކަމަށް އޮތީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެމްއޭސީއެލުން އެކަން ކަށަވަރު ކޮށެއް ނުދެ އެވެ.