ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ އިންޑިއާގެ ނާގްޕޫރް ސިޓީގެ ހޮސްޕިޓަލަކުން ފަރުވާދޭ ކޮވިޑް ބަލީގެ މީހުން ދޫކޮށްލާ އިރު، ކޮންމެ މީހަކު މަދުވެގެން 10 ގަސް އިންދަން އިރުޝާދު ދީފި އެވެ.
28 އެޕްރީލް 2021
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ އިންޑިއާގެ ނާގްޕޫރް ސިޓީގެ ހޮސްޕިޓަލަކުން ފަރުވާދޭ ކޮވިޑް ބަލީގެ މީހުން ދޫކޮށްލާ އިރު، ކޮންމެ މީހަކު މަދުވެގެން 10 ގަސް އިންދަން އިރުޝާދު ދީފި އެވެ.
ބަލި މީހުން ދޫކޮށްލާ އިރު ދޭ ސަމަރީ ރިޕޯޓްގައި ގަސް އިންދަން އިރުޝާދު ދެމުން އަންނަނީ ނާގްޕޫރްގައި ހިންގާ ގެޓް ވެލް ހޮސްޕިޓަލުންނެވެ. އެތަނުން ކޮވިޑަށް ފަރުވާ ހޯދައި މި މަހުގެ 22 ގައި ޑިސްޗާޖްވި 41 އަހަރުގެ އަންހެނަކު ބުނި ގޮތުގައި އޭނާގެ ރިޕޯޓްގައި 10 ގަސް އިންދަން އިރުޝާދު ދީ ބުނެފައި ވަނީ، އެއީ ގުދުރަތީ ސާފު ވައިގެ މުހިއްމުކަން އަންގައި ދިނުމުގެ ގޮތުން ދީފައިވާ އިރުޝާދެއް ކަމަށެވެ.
"އޭގައި ފާހަގަކޮށްފައިވޭ އިންސާނަކަށް އޮކްސިޖަން ކިހާ މުހިއްމުކަމާއި ދުވާލެއްގެ މައްޗަށް ކިހާ އޮކްސިޖަނެއް ބޭނުންވާކަން ވެސް،" އަންހެން މީހާ ބުންޏެވެ.
ގެޓް ވެލް ހޮސްޕިޓަލްގެ މި ވާހަކަ މިހާރު މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައިވާ އިރު އެތަނުގެ ޑިރެކްޓަރު ޑރ. ރާޖޭޝް ސްވަރްނާކަރް ވިދާޅުވީ ގަސް އިންދަން، ބަލި މީހުންނަށް އިރުޝާދު ދެނީ ފަހަކަށް އައިސް ގިނަ ބަޔަކު ވެއްޓަށް ފަރުވާލެއް ނުބަހައްޓައި މާއްދީޔަތަށް ވެށި ގުރުބާންކުރާތީ ކަމަށެވެ.
"އަހަރެމެންނަށް ސާފު ވައި [އޮކްސިޖަން] ލިއްބައިދޭ މައިގަނޑު ވަސީލަތަކީ ސާފު ވެށި. އެކަމަކު އެ ވެށި ސާފުވާނީ ގަސްގަހާގެހީގެ ނިސްބަތް ވެސް އިތުރުވެގެން. ނަމަވެސް އޭގެ ބަދަލުގައި އަހަރެމެންގެ އާދަ އަކީ ގަސްކެނޑުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އޮކްސިޖަނަކީ ކިހާ މުހިއްމު އެއްޗެއްކަން ތަޖުރިބާކުރަން ޖެހިފައިވާ ވަގުތެއްގައި އަހަރެމެން މި ލަފަ އާއި އިރުޝާދު ދެނީ ވީހާ ވެސް ގިނަ ބަޔަކު ވީހާ ވެސް ގިނައިން ގަސް އިންދަން ސަމާލުކަން ދިނުމަށް."
ޑރ. ރާޖޭޝް ވިދާޅުވި ގޮތުގައި މިހާރު ކޮވިޑަށް ފަރުވާ ހޯދާ ބަލި މީހުންނަށް 10 ގަސް އިންދަން އިރުޝާދު ދިނުމަކީ ގެޓްވެލް އިން އަލަށް ކުރާ ކަމެއް ނޫނެވެ.
"ޚުދު އަހަންނަކީ އާންމުކޮށް ބަލި މީހުންނަށް ލިޔެދޭ ބޭސް ސިޓީތަކުގައި އެ މީހަކު ބަލިން ރަނގަޅުވުމުން މަދުވެގެން އެއް ގަސް އިންދަން އިރުޝާދު ދޭ މީހެއް." އޭނާ ވިދާޅުވި އެވެ.
ރާޖޭޝް ވިދާޅުވީ އޭނާގެ ބައްޕަ އަކީ ސައިންސްވެރިއެއް ކަމަށާއި އެ މީހުންގެ އާއިލާ އަކީ ފެށުނީއްސުރެ ފެހިކަން ގަދަ ތަންތަނުގައި ދިރިއުޅެ، އެއިން ލިބޭ ފައިދާ އާއި އުފާތައް ތަޖުރިބާކޮށްފައިވާ ބައެއް ކަމަށެވެ.
"އެހެންވެ ގަހުގެ މުހިއްމުކަން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލަން." އޭނާ ވިދާޅުވި އެވެ.
އަޖޭގެ ދަރިފުޅަށް މޯދީގެ ތައުރީފު
ރޮބޮޓްތަކެއްގެ އެހީގައި 326 ގަސް އިންދައިފި
ކޮލެޖްތަކެއްގައި ދަރިވަރުން ގަސް އިންދަން ލާޒިމް
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
މޯލްޑިވިއަންއިން ހުޅުމާލެ 2 ގައި ގަސް އިންދައިފި
އައްޑޫން ގަސް ކެނޑުން "ހައްދުން ނައްޓައިފި"
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
ސްޓެލްކޯއިން 30،000 އަށްވުރެ ގިނަ ގަސް އިންދައިފި
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
ގަސް ނުކަނޑަން އިންޑިއާގައި ފަތުވާއެއް ނެރެފި