ކޮވިޑްގެ ބަލިމަޑުކަމުގައި ފޭސްމާސްކް އަޅައިގެން އުޅެން ޖެހުމުން، ފޭސް ރިކޮގްނިޝަން ފީޗާ ބޭނުންކޮށްގެން ފޯނު ހުޅުވަން ކުރިމަތިވެފައިވާ އުނދަގުލަށް ހައްލެއް ލިބޭ ގޮތަށް އެޕަލް ގަޑިން އައިފޯނު ހުޅުވޭ ފީޗާ ހިމެނޭ އައިއޯއެސް 14.5 ޑައުންލޯޑަށް ދޫކޮށްލައިފި އެވެ.
28 އެޕްރީލް 2021
ކޮވިޑްގެ ބަލިމަޑުކަމުގައި ފޭސްމާސްކް އަޅައިގެން އުޅެން ޖެހުމުން، ފޭސް ރިކޮގްނިޝަން ފީޗާ ބޭނުންކޮށްގެން ފޯނު ހުޅުވަން ކުރިމަތިވެފައިވާ އުނދަގުލަށް ހައްލެއް ލިބޭ ގޮތަށް އެޕަލް ގަޑިން އައިފޯނު ހުޅުވޭ ފީޗާ ހިމެނޭ އައިއޯއެސް 14.5 ޑައުންލޯޑަށް ދޫކޮށްލައިފި އެވެ.
އެޕަލް ގަޑިއެއް ގެންގުޅޭ ނަމަ ވޮޗް އޯއެސް 7.4 އާ އެކު ފޭސްއައިޑީ ނުވަތަ ޕާސްކޯޑާ ނުލައި ވެސް ޑިވައިސް އަންލޮކްކުރެވޭނެ އެވެ.
އައިއޯއެސް 14.5 އާ އެކު އެއާޕްލޭ 2 ޓީވީ އެޕަލްގެ ފިޓްނަސްގެ ޕްލަަސްގެ ވޯކައުޓްތައް ބަލައިލުމާއި އެޕަލްގެ ޕޮޑްކާސްގެ އާ ޑިޒައިނާއި އިތުރު އޮޕްޝަނަލް ސަބްސްކްރިޕްޝަން ފީޗާތައް ވެސް ހިމެނެ އެވެ. މީގެ މީގެ އިތުރުން އާ އަޕްޑޭޓާ އެކު ވީޑިއޯ ގޭމް ކޮންޓްރޯލާ އެކު އައިފޯނާއި އައިޕެޑްގައި ޕްލޭސްޓޭޝަން 5 އާއި އެކްސް ބޮކްސް ސީރީޒް އެކްސް/އެސް ވެސް ސަޕޯޓްކުރާނެ އެވެ.
އައިއޯއެސް 14.5 އާ އެކު ލިބުނު އަނެއް ފަސޭހަ އަކީ އެންމެ ފަހުން ނެރުނު އައިފޯން 12 ގައި ދެ ސިމާ އެކު 5ޖީ ނެޓްވޯކް ބޭނުންކުރެވޭ ގައުމުތަކުގެ އަދަދު ވެސް އިތުރުވެގެން ދިއުމެވެ.
އަނެއް އަޕްޑޭޓަކީ އެޕަލްގެ ވޮއިސް އެސިސްޓެންޓް ސިރީގައި ދެ ޖިންސްގެ އަޑު އޮޕްޝަނެއްގެ ގޮތުގައި މިހާރު ލިބޭ ގޮތަށް ހެދުމެވެ.
އައިއޯއެސް 14: އޮރެންޖް އަދި ފެހި ތިއްކެއް ފެނޭ؟
އައިއޯއެސް 15 މި މަހުގެ 20 ގައި
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
އައިފޯން 6 ދޫކޮށްނުލާތި، އައިއޯއެސް 15 ލިބޭނެ
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ
ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"
ނޭމްޑްރޮޕް: ނަންބަރު ދޭން ދެ އައިފޯން ކައިރިކޮށްލަންވީ
އައިފޯނަށް "ދަ ކްލައުންފިޝް" އަނބުރާ އަންނަނީ
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
ޑިވެލޮޕަރުންނަށް އެޕް ސްޓޯރުން 260 ބިލިއަންގެ އާމްދަނީއެއް