އަންނަ ނޮވެމްބަރު މަހުން ފެށިގެން ބައެއް ބްރޭންޑްތަކުގެ ބައެއް މޮޑެލްތަކުގައި ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމައިފި އެވެ.
07 ސެޕްޓެމްބަރ 2021
އަންނަ ނޮވެމްބަރު މަހުން ފެށިގެން ބައެއް ބްރޭންޑްތަކުގެ ބައެއް މޮޑެލްތަކުގައި ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގާ ޕްލެޓްފޯމުން ބުނި ގޮތުގައި ނޮވެމްބަރު 1 އިން ފެށިގެން އައިފޯނާއި ސެމްސަންގާއި އެލްޖީ އާއި ވާވޭ އާއި ޒީޓީއީ އާއި ސޮނީ ހިމެނޭ ގޮތުން އެ ބްރޭންޑްތަކުގެ 43 މޮޑެލްއަކަށް ވަޓްސްއެޕެއް ނުލިބޭނެ އެވެ.
ވަޓްސްއެޕް ހުއްޓާލަން ނިންމި މޮޑެލްތަކަކީ އައިއޯއެސް 10 އަށް ވުރެ ދަށް މޮޑެލްތަކާއި އެންޑްރޮއިޑް އޯއެސް 4.1 އަށް ވުރެ ދަށް މޮޑެލްތަކާއި ކައިއޯސްގެ 2.5.1 އަށް ވުރެ ދަށް މޮޑެލްތަކުގެ ފޯންތަކެވެ.
އެންމެ މަގުބޫލް ބްރޭންޑްތަކުގެ ތެރެއިން އެޕަލްގެ އައިފޯންގެ މޮޑެލްތަކުގެ ތެރެއިން ވަޓްސްއެޕް ހުއްޓާލަން ނިންމީ 6އެސް އާއި 6އެސް ޕްލަސްގެ އިތުރުން އެސްއީގަ އެވެ.
ސެމްސަންގް ފޯނުތަކުގެ ތެރެއިން ވަޓްސްއެޕް ހުއްޓާލަން ނިންމާފައި ވަނީ ގެލެކްސީ ޓްރެންޑް ލައިޓާއި ގެލެކްސީ ޓްރެންޑް 2 އާއި ގެލެކްސީ އެސް2 އާއި އެސް3 މިނީ އާއި ގެލެކްސީ އެކްސްކަވާ 2 ގެލެކްސީ ކޯގެ އިތުރުން ގެލެކްސީ އޭސް 2 ގަ އެވެ.
?? New phone, same memories.
— WhatsApp (@WhatsApp) September 2, 2021
Changing your phone no longer means losing your chat history. Starting today, you can move your WhatsApp history from iOS to Samsung. And soon across all devices. pic.twitter.com/v9WwV3YDJf
ވާވޭގެ ފޯނުތަކުގެ ތެެރެއިން ވަޓްސްއެޕް ހުއްޓާލަން ނިންމާފައި ވަނީ އެސެންޑް ޖީ740 އާއި އެސެންޑް މޭޓާއި އެސެންޑް ޑީ ކްއަޑް އެކްސްއެލް އާއި އެސެންޑް ޑީ1 ކްއަޑް އެކްސްއެލް އާއި އެސެންޓް ޕީ1 ގެ އިތުރުން އެސެންޑް ޑީ2 ގަ އެވެ.
އެލްޖީ ފޯނުތަކުގެ ތެރެއިން ވަޓްސްއެޕް ހުއްޓާލަން ނިންމި މޮޑެލްތަކުގެ ތެރޭގައި 23 މޮޑެލްއެއް ހިމެނެ އެވެ.
ޒީޓީއީގެ ފޯނުތަކުގެ ތެރެއިން ގްރޭންޑް އެސް ފްލެކްސް އާއި ވީ956 އާއި ގްރޭންޑް އެކްސް ކްއަޑް ވީ987 އަދި ގްރޭންޑް މެމޯ އަށް ވަޓްސްއެޕް ހުއްޓައިލާ އިރު ސޮނީގެ ފޯނުތަކުގެ ތެރެއިން ޒެފީރިއާ މިރޯ އާއި ޒެފީރިއާ ނިއޯ އެލްގެ އިތުރުން ޒެފީރިއާ އާކް އެސް ހިމެނެ އެވެ.
ވަޓްސްއެޕް ހުއްޓައިލާ އިތުރު ބްރޭންޑްތަކުގެ ތެރޭގައި ލެނޯވާ އޭ820 އާއި އެޗްޓީސީ ޑިޔާޒާ 500 ގެ އިތުރުން އިތުރު އެހެން ބްރޭންޑްތަކުގެ އަށް މޮޑެލްއެއް ހިމެނެ އެވެ.
ވަޓްސްއެޕުން ބުނީ ގެންނަން މި އުޅޭ ބަދަލާ އެކު އޮތް އުފާވެރި އެއް ޚަބަރަކީ އައިއޯސް އިން ސެމްސަންގް އެންޑްރޮއިޑަށް ހިޖުރަކުރާ މީހުންގެ ޗެޓްތައް ބަދަލުކުރެވޭ ފީޗާއެއް ވަޓްސްއެޕަށް މިހާރު ގެނެސްފައި އޮތުން ކަމަށެވެ.
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ސްކްރީންޝޮޓް ނުނަގައި ޓްވީޓްތައް އިންސްޓަ ސްޓޯރީއަށް
ފޭސްޓައިމް އެންޑްރޮއިޑާއި ވިންޑޯސް ވެބަށް
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ
"ކްލަބްހައުސް" އެންޑްރޮއިޑަށް އައުން ލަހެއް ނުވާނެ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
އައިއޯއެސްގައި ފޭސްބުކް މެސެންޖާ ތަޅުލެވޭ ގޮތް ހަދައިފި
ފޭސްބުކުން މޮބައިލް ގޭމިން އެޕެއް