Roadha Mihaaru
އާ ކައުންސިލަރުންނަށް ސިޓީ ކައުންސިލްގެ ތައާރަފެއް

އިންތިހާބީ ކައުންސިލް މެމްބަރުންނާ މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށްފި

02 މެއި 2021

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި މެމްބަރުންނާ، ކައުންސިލްގެ މިހާރުގެ މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި މެމްބަރުންނާ، ކައުންސިލްގެ މިހާރުގެ މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއީ ސިޓީ ކައުންސިލަށް އަލަށް ހޮވި މެމްބަރުންނަށް ތައާރަފެއް ދިނުމަށްޓަކައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގަތް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ބައްދަލުވުމުގައި-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގަތް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ބައްދަލުވުމުގައި-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މޭޔަރު ޝިފާ މުހައްމަދާއި ކައުންސިލުގެ އެހެން ބައެއް މެމްބަރުންގެ އިތުރުން އެ އިދާރާގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ. މާލޭގެ މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގަތް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަލަށް އިންތިހާބުވި ހުރިހާ މެމްބަރުން ވެސް މި ބައްދަލުވުމަށް ވަޑައިގެންނެވި އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ވޯޓުންނެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުންނާއި ބައްދަލުކުރުމަށް މިހާރުގެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުންނާއި ބައްދަލުކުރުމަށް މިހާރުގެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމުލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.

އަލަށް އިންތިހާބުވި ކައުންސިލް މެމްބަރުން ހުވާކުރުން އޮންނާނީ ރޯދަމަހުގެ ފަހުންނެވެ.