Roadha Mihaaru
މިހާތަނަށް ޒަކާތް ދެއްކި މީހުންގެ އަދަދު މަދު: ޒާހިރު

މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދު: މިނިސްޓަރު

06 މެއި 2021

ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މި ރޯދަމަހުގެ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މި ރޯދަމަހުގެ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހު ވަގުތަށް މަޑުނުކޮށް، ޒަކާތް އަވަހަށް ދެއްކުމަށް ސަމާލުވާން މުހިންމު ކަމަށެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު މަދުކަމަށެވެ.

"ފައިސާ އާއި ގޮވާމުން ވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ވާނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު، މި ރޯދަމަހުގެ 12 ވަނަ ދުވަހާ ހަމައަށް ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ނުވަ ލައްކައެއްހާ ރުފިޔާ ލިބިފައި ވެ އެވެ. އެއީ 20،863 މީހުންގެ ފަރާތުން ލިބިފައިވާ އަދަދެވެ.

މިދިޔަ އަހަރުގެ ރޯދަމަހުގެ 12 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 1.9 މިލިއަން ރުފިޔާ އެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ. ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އެ ރަށެއްގައި އާންމުކޮށް ކައި އުޅޭ ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދިރާގު ޕޭ އާއި އުރީދޫ އެމް ފައިސާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާނެޓް އެޕްލިކޭޝަނުން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ ކަމަށެވެ.