Roadha Mihaaru
ޓްރާންސްޕޯޓުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދޭނެ

ޓްރާންސްޕޯޓުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން ވަނީ ނިންމާފައި: ސީއެސްސީ

06 މެއި 2021

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން މިދިޔަ އަހަރު ވަކިކުރި ނުވަ މީހަކަށް އަލުން އަނބުރާ ވަޒީފާ އިޔާދަ ކޮށްދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރާ އެއްގޮތަށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން މިދިޔަ އަހަރު ވަކިކުރި ނުވަ މީހަކަށް އަލުން އަނބުރާ ވަޒީފާ އިޔާދަ ކޮށްދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރާ އެއްގޮތަށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

އިންޒާރުތަކަކަށް ފަހު، ޓްރާންސްޕޯޓް އޮތޯރިޓީން ވަޒީފާ އިން ވަކިކުރި މީހުންނަށް އަލުން ވަޒީފާ އިޔާދަކޮށްދިނުމަށާއި ވަޒީފާ އިޔާދަކޮށްދޭ ދުވަހާ ހަމައަށް މުސާރައާ އިނާޔަތް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރީ މިދިޔަ މަހުގެ 29 ގަ އެވެ.

އެ އަމުރާ ގުޅިގެން ސީއެސްސީގެ ސެކްރެޓަރީ ޖެނަރަލް ޑރ. ޝަހުނީޒާ ނަސީރު ވިދާޅުވީ، އެ ކޮމިޝަނުން ނިންމާފައި ވަނީ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް، އެ މީހުންނަށް އަލުން ވަޒީފާ އިޔާދަކޮށްދޭން ކަމަށެވެ. އެކަމަކު އަލުން ވަޒީފާއަށް ނެރޭނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 11 މީހަކު ވަޒީފާ އިން ވަކިކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ވަކިކުރީ ރަނގަޅަށް ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފަ އެވެ. އެއީ އަމިއްލަ ގޮތުން ވަކީލުން ތަމްސީލުކުރި ދެ މީހެކެވެ. ބާކީ ނުވަ މީހުންގެ މައްސަލަ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ތަމްސީލުކުރިއިރު ޓްރައިބިއުނަލުން އަމުރުކުރީ އެ މީހުންނަށް އަލުން ވަޒީފާ ދޭށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނީ އޮކްޓޫބަރު 2019 ގަ އެވެ. ޓްރާންްސްޕޯޓް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގަ އެވެ. އެކަށީގެންވާ ސަަބަބެއް ނެތި ވަޒީފާ އިން ވަކިކުރުމުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުވަ މީހަކު ހުށަހެޅި މައްސަލަ ނިންމައި، ޓްރައިބިއުނަލުން ކުރި އަމުރުގައި ވަނީ އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމުން، ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކޮށްދިނުމާއެކު، ވަޒީފާ އިޔާދަކޮށްދޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތް ވެސް ދޭން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭރު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސްް މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.