މެންޗެސްޓާ (8 މެއި) - ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ވުރެ، ޕްރިމިއާ ލީގު ކާމިޔާބު ކުރުން މުހިންމު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
08 މެއި 2021
މެންޗެސްޓާ (8 މެއި) - ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ވުރެ، ޕްރިމިއާ ލީގު ކާމިޔާބު ކުރުން މުހިންމު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ސީޒަންގައި އެ ދެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ސިޓީއަށް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ފުރަތަމަ ފަހަރަށް ދަތުރު ކޮށްފަ އެވެ. މި މަހު 29 ގައި ކުޅޭ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ޗެލްސީ އާ ދެކޮޅަށް، ޕްރިމިއާ ލީގުގައި މިއަދު އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ސިޓީއަށް ހޯދޭނެ އެވެ.
"އަބަދުވެސް އަހަރެން ބުނަމުން މި އަންނަނީ ޕްރިމިއާ ލީގޭ އެންމެ މުހިންމު ތައްޓަކީ،" މިއަދުގެ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ. "ކްލަބަށް މާލީ ގޮތުން ފައިދާވާ މުބާރާތަކަށް ޗެމްޕިއަންސް ލީގު ވާތީ ޗެމްޕިއަންސް ލީގު އެގޮތުން މުހިންމު ވެދާނެ."
ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ދެ ފަހަރު ހޯދައިދިން ކޯޗް ބުނީ، އެ މުބާރާތަކީ ހާއްސަ މުބާރާތެއް ކަމަށެވެ. ނަމަވެސް މުޅި ސީޒަންގައި އެއްވަރެއްގައި ޓީމު ފެންވަރު ދެމެހެއްޓޭކަން ސާބިތު ކުރެވޭނީ ލީގު ކާމިޔާބު ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"ޗެމްޕިއަންސް ލީގުގެ ފައިނަލަކާ މެދު އަހަރެމެން އެއްވެސް ވަރަކަށް ނުވިސްނަން. ސަބަބަކީ ޕްރިމިއާ ލީގު އަދިވެސް އަހަރެމެންނަކަށް ނުލިބޭ،" ގާޑިއޯލާ ބުންޏެވެ. "މިއަދުގެ މެޗުން އަހަރެމެންނަށް ލީގު ލިބުމުން ދެން އަހަރެމެން ވިސްނާނީ ޗެމްޕިއަންސް ލީގާ މެދު."
ސިޓީ އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 9:30 ގަ އެވެ. ސިޓީއަށް ބާކ އޮތީ ހަތަރު މެޗެވެ. ހަތަރު މެޗު ދެ ޕޮއިންޓް ހޯދިޔަސް އެ ޓީމަށް ލީގު ލިބިގެންދާނެ އެވެ.
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ތިން ތަށި ކާމިޔާބު ކުރެވޭނެ ކަމަށް ގާޑިއޯލާ ގަބޫލުކުރޭ
ދުވަހަކު ނުކުރާކަމެއް ކުރަން އުޅެގެން ސިޓީއަށް ދެރައެއް
ގާޑިއޯލާ "ވަރުގަނޑު ބާލާލީ" ކެމެރާމަނަށް
ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން
މެސީ، ރޮނާލްޑޯގެ ފެންވަރަށް ހާލަންޑް ހިނގައްޖެ: ޕެޕް
250 ވަނަ މޮޅާ އެކު ގާޑިއޯލާ އަށް ރެކޯޑެއް!
އަހަރެމެން ތިބީ ކުޅެން ހަނދާން ނެތިފައި: ގާޑިއޯލާ
ކުޅުންތެރިން މާގިނަ، ގާޑިއޯލާ ހުރި އުފަލަކުން ނޫން
ސްކޮޑުގެ ސައިޒު ކުޑަނުކޮށްފި ނަމަ ގާޑިއޯލާ ވަކިވާނެ