12 މެއި 2021
ވެލެންސިއާ (12 މެއި) - ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ ކަމަށް ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.
ވެލެންސިއާ (12 މެއި) - ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ ކަމަށް ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.
ފުރަތަމަ ހާފުގައި ކެޕްޓަން ލިއޮނެލް މެސީ އާއި ޕެޑްރީގެ ލަނޑުތަކުން ބާސާ ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު ގޮންޒާލޯ މެރޭލޯ އާއި ހޯޒޭ ލުއިސް މޮރާލޭސްގެ ލަނޑުތަކުން ލެވަންޓޭއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން އުސްމާން ޑެމްބެލޭ ބާސާއަށް ލީޑް ނަގައިދިން ނަމަވެސް މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ސާޖިއޯ ލިއޯން ލެވަންޓޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗު އެއްވަރުވީ 3-3 ންނެވެ.
މެޗު އެއްވަރުވުމުން ލީގު ހޯދަން ބާސާ އަށް އަމިއްލަ ބާރު މުޅިން ގެއްލުނީ އެވެ. ބާކީ ދެ މެޗު އޮތް އިރު، އެ ޓީމަށް ދެން ލީގު ލިބެނީ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި މިހާރު ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް، ކުރިއަށް އޮތް ތިން މެޗުން ޕޮއިންޓް ގެއްލި ބާސާ ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރުމުންނެވެ.
"ކޯޗުންނާ އަބަދުވެސް ސުވާލު ކުރެވޭނެ. އެކަމަކު އަހަންނަށް މިހާރު ގަބޫލު ކުރެވޭ މެޗުގެ ދެ ވަނަ ހާފު ދިޔަ ގޮތުން އަހަރެންގެ ވަޒީފާއާ މެދު ސުވާލު އުފެދިފައި ވާނެކަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ކޫމަން ބުންޏެވެ.
"އަހަރެމެން މިތިބީ ވަރަށް މާޔޫސް ވެފައި އަދި އަހަރެމެން މިތިބީ އަޖައިބު ވެފައި އަހަރެމެންނަށް މީހެން ވީ ކީއްވެގެންތޯ؟ މިހާރު އަހަރެމެން ޖެހޭނީ އަންނަ ސީޒަނަށް ތައްޔާރުވާން."
ކޫމަން ބުނިގޮތުގައި، ކޯޗެއްގެ ހައިސިއްޔަތުން ޒިންމާ ނަގަން ޖެހޭނީ އޭނާ އެވެ. ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑެއްގައި އެވެ ނިންމާލުމަށް ފަހު ދެން ދެ ވަނަ ހާފުގައި މެޗު އެއްވަރު ވެދާނެ ކަމަށް ހީނުކުރާ ކަމަށް ކޫމަން ބުންޏެވެ.
ކާޑިޒް އަތުން ވެސް ބާސާ އަށް މޮޅެއް ނުވެވުނު
ކޫމަން ކަންތައް ކުރިގޮތުން ލަޕޯޓާ ހައިރާން ވެއްޖެ
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
އޮސަސޫނާ އިން ބާސާގެ ފުރިހަމަ ފެށުން ހަރާބުކޮށްލައިފި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ