Roadha Mihaaru
ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް

ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް

20 މެއި 2021

ޒަމާނުއްސުރެ މާލޭ ސަރަހައްދަަށް ޖަމާކޮށްފައި އޮތް ބާރުވެރިކަން ކައުންސިލްތަކަށް ބަހާލައި، ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމުގެ ވިސްނުމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު ތިން އަހަރު ވާން ގާތްވީ އެވެ. މަރުކަޒީ ސަރުކާރަކަށް ބަރޯސާވާން ޖެހޭ ޖެހުން ނިކުމަކަށް ގެނައުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުން ކުރި އެންމެ މުހިއްމު އެއް މަސައްކަތަކީ ގާނޫނީ ގޮތުން އެ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޒަމާނުއްސުރެ މާލޭ ސަރަހައްދަަށް ޖަމާކޮށްފައި އޮތް ބާރުވެރިކަން ކައުންސިލްތަކަށް ބަހާލައި، ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމުގެ ވިސްނުމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު ތިން އަހަރު ވާން ގާތްވީ އެވެ. މަރުކަޒީ ސަރުކާރަކަށް ބަރޯސާވާން ޖެހޭ ޖެހުން ނިކުމަކަށް ގެނައުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުން ކުރި އެންމެ މުހިއްމު އެއް މަސައްކަތަކީ ގާނޫނީ ގޮތުން އެ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމެވެ.

ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް 2019 ވަނަ އަހަރު، ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނަ އެވެ. އެ ގެނައި ބަދަލުތަކުން، ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޒުކުރުމުގެ އިހްތިޔާރާއި އަމިއްލަ ބަޖެޓާއި، މާލީ މުއާމަލާތުން އާމްދަނީ އުފެއްދޭނެ ފުރުސަތު ކައުންސިލްތަކަށް ލިބުނެވެ، އަދި ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމާއި، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބަލަހައްޓައި، އެ މަޝްރޫއުތައް ވިލަރެސް ކުރުމަށް ކައުންސިލްތަކާ ހަވާލުކުރެވޭނެ އެވެ.

ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް، ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވަމުން ވެސް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ބާރުވެރިކަން ދިނުމުން އެކަމުން ލިބޭނެ ފައިދާ ކިޔައިދެއްވި އެވެ. އަދި އެ ދުވަހު ވެސް ޔަގީންކަން ދެއްވީ އެ މަސައްކަތް ކުރައްވާނެ ކަމުގެ އެވެ.

"މި ރާއްޖެ ތަރައްގީކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިދެވެންޖެހޭ. އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް އަޅުގަނޑު ހަދާނަން،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ރައީސް ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންނާއި ކުޑަކުދިން، މަރުހަބާ ރައީސަށް ދަންނަވަނީ .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރައީސް ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންނާއި ކުޑަކުދިން، މަރުހަބާ ރައީސަށް ދަންނަވަނީ .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މި ސަރުކާރުގެ ފާއިތުވި ދުވަސްތަކަށް ލާމަރުކަޒީ ނިޒާމެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައި އެބަ ހުއްޓެވެ. ކައުންސިލްތަކަށް މާލީ މަންފާ ހޯދައިދީ ކައުންސިލްތަކުން ނަގައި ފީގެ އާމްދަނީ ސީދާ ކައުންސިލްތަކަށް ލިބޭނެ މަގު ހޯދައިދިނެވެ. އެވަރަކުން ނިންމައެއް ނުލަ އެވެ. ކައުންސިލްތަކުގެ އިހްތިސޯސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި، ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ފައިސާ ވެސް ކައުންސިލްތަކަށް ދޭން ނިންމި އެވެ.

ކުރީގައި ނަމަ، ކަނޑައަޅާފައި ވަކި ބަޖެޓަކުން ފައިސާ ލިބުނަސް، މިގޮތަށް ކައުންސިލްތަކުގެ އިހްތިސޯސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި، ފަރުން އެއްވެސް މަންފާއެއް ކައުންސިލަށް ލިބޭކަށް ނޯވެ އެވެ. އޭގެ ނަތީޖައަކީ ކައުންސިލުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ގިނަ މަސައްކަތްތައް ވެސް ބަޖެޓް ނެތިގެން ނުކުރެވުމެވެ.

މިއިން ދުވަހަކު ލާމަރުކަޒީ ނިޒާމަށް ގެންނަވަރުގެ ބޮޑު ބަދަލެއް ގެނެސް، އެ ބާރުވެރިކަން ސީދާ ކައުންސިލްތަކަށް ދީފައިވާއިރު ރަށު ތަަރައްގީގެ ޕްލޭން އެކުލަވާލައި، އަދި ލޭންޑް ޔޫސް ޕްލޭން ވެސް ތައްޔާރުކުރާނީ ދެން ކައުންސިލުތަކުންނެވެ.

ސިއްހީ ދާއިރާ ލާމަރުކަޒު ކުރުން

ޒަމާނުއްސުރެ މާލެ ވެފައި ވަނީ ސިއްހީ ހިދުމަތް ހޯދުމަށް ރަށްރަށުގެ މީހުން އަންނަ މައި ހަބަށެވެ. މި ކަމަށް ވެސް ބަދަލުތަކެއް އަންނަން ފެށި އެވެ. ވަކިން ހާއްސަކޮށް އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދިޔަ ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަމާއެކު މުޅި މާލެ ފުރަބަންދު ކުރަން ޖެހުނު ވަގުތެވެ. މާލޭ ނޫން ގޮތެއް ހޯދަން އެ ރައްޔިތުންނަށް މަޖްބޫރުވި އެވެ. އެ މަންޒަރުން ފެނިގެންދިޔައީ އަރި އަތޮޅުން ޑޮކްޓަރަށް ދެއްކުމަށް ބޮޑެތި ދޯނިފަހަރުގައި ތިލަދުންމައްޗަށް ދަތުރުކުރާ ތަނެވެ. އެގޮތުން ކޮވިޑްގެ ތެރޭގައި ރާއްޖޭގެ މައި ފަސް ހޮސްޕިޓަލުގެ އޯޕީޑީން އެކަނި ވެސް ޖުމްލަ 392،533 މީހުން ބަލައި ފަރުވާދީފައިވެ އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދެނީ.-- ފޮޓޯ: ގަމު ރީޖަނަލް ހޮސްޕިޓަލް

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދެނީ.-- ފޮޓޯ: ގަމު ރީޖަނަލް ހޮސްޕިޓަލް

ސިއްހީ ދާއިރާ ލާމަރުކަޒު ކުރަން ކުރި މަސައްކަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު އަދި ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރިން ނުލިބޭ އެތައް ހިދުމަތެއް މިހާރު ލިބެމުން އެބަދެ އެވެ. އެތަންތަނަށް ހިދުމަތްތަކާއި ވަސީލަތްތައް އިތުރުކުރުމުގެ ނަތީޖާއަކީ މާލެ ބަންދުކުރަން ޖެހުނު ވަގުތު ވެސް ސިއްހީ ހިދުމަތްތައް ހުއްޓުމެއް ނެތި ފޯރުކޮށްދެވުމެވެ.

"ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށިގެން ކުރަމުން މި އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދައި މީހުންގެ އަދަދު މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" މިދިޔަ އަހަރު ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.

ބަލިމަޑުކަމުގެ ތެރޭގައި ވެސް ރަށްރަށް ބާކީކޮށެއް ނުލާ

މިވީ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދިޔަ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް ގިނަ އެވެ. މިވަގުތު 1169 މަޝްރޫއެއް މުޅި ރާއްޖޭގައި ކުރިއަށް ދާއިރު، އޭގެ ތެރެއިން 1153 މަޝްރޫއު ކުރިއަށް ދަނީ ރަށްރަށުގަ އެވެ. ރައީސްގެ އެއް އަމާޒަކީ ވެސް ދައުރު ނިމުނުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އަސާސީ ފެނާއި ނަރުދަމާގެ ހިދުމަތް ލިބުމެވެ. މިވަގުތު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެެރޭގައި އެފަދަ މަޝްރޫއުތައް ވެސް ގިނަ އެވެ.

ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ކޮވިޑްްގެ ތެރޭގައި ވެސް އިގްތިސޯދު އަޑި އަޅާލައި، އާމްދަނީ ލިބޭނެ މަގުތައް ބަންދުވި ދަނޑިވަޅުގައި ވެސް މި މަޝްރޫއުތައް ކުރިއަށް ގެންދިޔަ އެއް ސަބަބަކީ ސަރުކާރުން ހިފާފައި ހުރި ލާމަރުކަޒުކުރުމުގެ ފޯރި އެވެ.

އަނެއްކޮޅުން ކޮވިޑާ އެކު އާމްދަނީ ލިބޭނެ މަގުތައް ގެއްލުނު މީހުންނަށް ވެސް މަގެއް ހޯދައިދިނެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 318 މިލިއަން ރުފިޔާގެ ލޯނު، ރަށްރަށުގެ ކުދި އަދި މެދުފުޅު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވެ އެވެ. މިއީ ވެސް ރަށްރަށުގެ ވިޔަފާރިވެރިން އިނދަ ނުޖެހި، ވިޔަފާރި ކުރިއަށް ގެންދަން ލިބުނު ހިތްވަރެކެވެ.

އާ ކައުންސިލަރުންނާ އެކު ލާމަރުކަޒީ ރާއްޖެއަކަށް

ކޮންމެއަކަސް، ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން ވެރިކަން ކުރުން، އެއީ މި ސަރުކާރުން ކުރާނެ ކަމެއްނޫން ކަމަށް އެތައް ފަހަރަކު ރައީސް ވިދާޅުވެފައިވެ އެވެެ. އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވަމުން އައީ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގާއިމުކުރެވިގެން ކަމެވެ. އެއްގޮތަކަށް ވެސް ކައުންސިލްތަކެއް އެކަނި އުފެއްދުމަކީ ލާމަރުކަޒު ކުރުން ނޫން ކަމަށާއި ބާރުތައް ހޯދައިދޭން ޖެހޭކަމަށް އެ ދުވަހު ވެސް އެމަނިކުފާނު ގަބޫލުކުރެއްވި އެވެ.

ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ހިފަހައްޓާފައި ހުރި، ކައުންސިލްތަކުގެ ވަރަށް ގިނަ ބާރުތައް، ކައުންސިލްތަކަށް މިހާރު ދީފަައިވާއިރު މިދިޔަ ހޯމަ ދުވަހު، އާ ކައުންސިލަރުން ހުވާ ކުރި ދުވަހު، ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވަނީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައި ކައުންސިލުގެ މަސައްކަތްތައް ކުރުމުގެ ބަދަލުގައި، އެއީ ގައުމީ ވާޖިބެއްކަމުންް، ޒިންމާ ވަރަށް ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ އަމާނާތައް ރައްކާތެރިވެ ރަށާއި ސިޓީ ތަރައްގީކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

"މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައި ދޭންވީ ވަަގުތު - ރައީސް

މިފަހަރުގެ ކައުންސިލުންތަކުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލަކީ ވެސް މި ސަރުކާރުން ގެނައި ބަދަލެކެވެ. ކައުންސިލްތަކަށް އިންތިހާބުކުރާ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައިއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް މުސާރައެއް ކަނޑައެޅުނެވެ.

މި ބަދަލު، މިފަހަރުގެ ކައުންސިލުތަކުން ފެނިގެންދިޔައިރު މިއީ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރުވި އިތުރު ބޮޅެކެވެ.

ދައުރު ނިމިގެންދާއިރު ރަށްރަށުގެ ރައްޔިތުން އެކަހެރިވެ، ބާކީވެފައިވާ ތަން މާޒީގައި ފެނިގެންދިޔަ ނަމަވެސް މި ވެރިކަމަށް ދެބައިވެގެން ދިޔައިރު "ޖަޒީރާ ރާއްޖޭ" ގެ ލާމަރުކަޒީ ނިޒާމަށް ވާސިލުވާން މަސައްކަތްތަކެއް ކުރެވޭ މަންޒަރު ފެނުމަކީ ރައްޔިތުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެކެވެ. އަމަލާއި ބަހުން ރައީސް، އެ ވިދާޅުވަނީ ރައްޔިތުންނަށް ބާރުތައް ދޫކޮށްލައްވާނެ ކަމަށެވެ. އެއްގޮތަކަށް ވެސް އެމަނިކުފާނުގެ މުށު ތެރޭގައި އެ ބާރުތައް ނުހިފަހައްޓަވާނެ ކަމަށެވެ.