20 ނޮވެމްބަރ 2016
ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އައިޖީއެމްއެޗުން ތައްޔާރުވެ، އެކަމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.
ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އައިޖީއެމްއެޗުން ތައްޔާރުވެ، އެކަމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.
ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ފަހަކަށް އައިސް ހޯދަމުން އަންނަ އައިޖީއެމްއެޗުން މިއަދު ވަނީ، ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާތަކެއް ދިނުމަށް ހާއްސަ ސެންޓަރެއް ވެސް ހުޅުވައިފަ އެވެ.
ސަރުކާރުގެ އެންމެ ބޮޑު އަދި މައި ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު "މިހާރު" އަށް ވިދާޅުވީ ހާއްސަ ސެންޓަރު އިތުރަށް ތަރައްގީކޮށް، އެތަނުގައި ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު އެކަމަށް އަދި ގިނަ ވަސީލަތްތައް ހޯދަން ޖެހޭތީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށޭނެ ސީދާ ދުވަހެއް ވިދާޅުވާން ނޭނގޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ހިދުމަތް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަދަ ބޮޑުކަމެއް ކުރާއިރު، އެކަމަށް ތިއޭޓަރާއި އިކުއިޕްމަންޓް އެބަ ހޯދަން ޖެހޭ. އެކަން މިހާރު ކުރަމުން ދަނީ. އަޅުގަނޑުމެންގެ ވަރަށް ބޮޑެތި ޕްލޭންތަކެއް އެބަހުރި. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ހިދުމަތް ވެސް ދެވޭނެ،" ރާއްޖޭގައި ފުރަތަމަ ފަހަރަށް ކިޑްނީ ޓްރާސްޕްލާންޓް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުސޫމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާ ހޯދުމަށް ނުވަތަ ޓްރާންސްޕްލާންޓް ހެދުމަށް މިހާރު ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ. އެކަމަކު އެ ހިދުމަތް ރާއްޖޭގައި ދޭން ފެށުމަކީ ގިނަ ބަޔަކަށް އޭގެ ފަސޭހަ ލިބޭނެ ކަމެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އައިޖީއެމްއެޗުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އަލަށް ހުޅުވި ކާޑިއެކް ކެތު ލެބުގެ ބޭނުން ވެސް ވަރަށް ގިނަ ބަޔަކު ހިފާ ކަމަށެވެ.
މިދިޔަ ޖޫން މަހު ހުޅުވި ކެތު ލެބުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާއިރު އޭގެ ތެރެއިން 200 މީހުން، އެންޖިއޮގްރާމް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން އެ ފަރުވާ ހޯދުމަށް ދުވާލަކު ގާތްގަނޑަކަށް 10 ވަރަކަށް މީހުން އެބަ ރާއްޖޭން ބޭރަށް ދާންޖެހޭ. އެކަމަކު މިހާރު އެ މީހުންނަށް ރާއްޖޭގައި ތިބެގެން އެބަ ފަރުވާ ހޯދޭ،" މައުސޫމް ވިދާޅުވި އެވެ.
"ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށުމުން ވެސް އެ ފަސޭހަ ގިނަ ބަޔަކަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި އައިޖީއެމްއެޗުގައި މިއަދު އަލަށް ހުޅުވި ސެންޓަރުގައި ކިޑްނީ ބަލިތަކުގެ އިތުރުން ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ވެސް ފަރުވާ ދެ އެވެ.
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
ސަރުކާރުގެ ރައްދު: ސިއްހީ ހިދުމަތްތައް ނުހުއްޓޭނެ
"ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް"
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި
ތިނަދޫ ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފަށައިފި