Roadha Mihaaru
އެކްސިޑެންޓުުގައި ގާޑިޔަލުގެ މުއްގަނޑު ހެރުނީ ކަރަށް

ގާޑިޔަލުގެ މުއްގަނޑު ހެރުނީ ޒުވާނާގެ ކަރަށް، އިރުކޮޅެއްގެ ތެރޭގައި ލޭގެ ކޯރެއް!

27 މެއި 2021

ދުއްވާފައި ދިޔަ ސައިކަލަކުން ގާޑިޔަލެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޒުވާނާ މަރުވީ އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކުގަ އެވެ. ޒަހަމްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނުގައި ވަނީ ލޭގެ ކޯރެއް ހެދިފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުއްވާފައި ދިޔަ ސައިކަލަކުން ގާޑިޔަލެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޒުވާނާ މަރުވީ އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކުގަ އެވެ. ޒަހަމްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނުގައި ވަނީ ލޭގެ ކޯރެއް ހެދިފަ އެވެ.

ގަލޮޅު ހުވަފެނީ ގޯޅީގެ އެއްފަރާތުގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ، އިސްމާއިލް ޔަޒްދާން އަލީ 21، އެވެ. މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައި އޮތް ވަގުތު ދުއްވި އެ ސައިކަލުގައި އޭނާ އިނީ ފަހަތުގަ އެވެ.

މި އެކްސިޑެންޓު ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެއިން ފެންނަ ގޮތުގައި، ހަނި އެ ގޯޅީގެ އެއް ފަރާތުގައި ގާޑިޔާ ބާއްވާފައި އޮތް އިރު، އޭގެ ކައިރީގައި ދެ ސައިކަލެއް ވެއްޓިފައި އޮތެވެ. އެ ތަނުން އެއް ސައިކަލެއްގެ ކައިރިން ޔަޒްދާން ތެދުވި އިރު، އެ ސަރަހައްދަށް ކޮންމެވެސް ވަރަކަށް ވަނީ މީހުން އެއްވެފަ އެވެ.

ބިންމަތިން ތެދުވެ، ކުޑަތަންކޮޅަކަށް ހިނގާލި ތަނާ، އޭނާގެ ކަރަށް ލިބިފައިވާ އަނިޔާ މީހުންނަށް ފެނި، ހަޅޭއްލަވައިގަންނަ އަޑު އިވެ އެވެ. ދެން އެ ޒުވާނާ އަނެއްކާ ވެސް ވެއްޓުނީ އެވެ. އެ ދެމެދުގައިވީ އެންމެ ހަވަރަކަށް ސިކުންތެވެ.

ޒުވާނާ މަގުމައްޗަށް ވެއްޓިފައި އޮތް އިރު، މަގުމަތީގައި ތިބި މީހުން އޭނާއަށް އެހީވަނީ: ދުރުން ފެންނަން އެހެރީ އޭނާ ޖެހުނު ގާޑިޔާ

ޒުވާނާ މަގުމައްޗަށް ވެއްޓިފައި އޮތް އިރު، މަގުމަތީގައި ތިބި މީހުން އޭނާއަށް އެހީވަނީ: ދުރުން ފެންނަން އެހެރީ އޭނާ ޖެހުނު ގާޑިޔާ

ޔަޒްދާން ވެއްޓުމުން، އެ ސަރަހައްދުގައި ހުރި އެހެން ޒުވާނަކު ޓީޝާޓް ބާލައި، އޭނާގެ ކަރުގައި އޮޅާލަ އެވެ. އެކަމަކު މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ އޮތްތަނުގައި ލޭގެ ކޯރެއް ހެދެ އެވެ. އޭރު ވެސް ޔަޒްދާން ދިޔައީ ހަރަކާތް ކުރަމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުން، އެއްވެފައިވާ ތިބި ބައެއް މީހުން އެމްބިއުލާންސަށް ގުޅާށޭ ގޮވާ އަޑު އިވޭއިރު، އަނެއް ބަޔަކު، ގުޅައިފީމޭ ބުނާއަޑު އިވެ އެވެ.

އޭގެ އިރުކޮޅެއް ފަހުން އެތަނަށް، ފުލުހަކާއި ސިފައިންގެ މީހަކު ދެ އެވެ. ލަފާ ކުރެވޭ ގޮތުން، އެއީ ކާފިއުގެ ވަގުތުުގައި މަގުމަތި ބަލަަހައްޓަން އުޅުނު ދެ މީހެކެވެ. ގާތްގަނޑަކަށް 1:50 މިނިޓްގެ ވީޑިއޯ ނިމުނު އިރު ވެސް، އެތަނަށް އެމްބިއުލާންސްއެއް ނާދެ އެވެ. ޔަޒްދާން މަރުވީ، އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

"މިހާރު" އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނާގޮތުން، ޔަޒްދާންމެން ދުއްވި ސައިކަލު އެންމެ ފުރަތަމަ ގޮސް ޖެހުނީ، އެ ގޯޅީގައި ޕާކުކޮށްފައި ހުރި އެހެން ސައިކަލެއްގަ އެވެ. ވިއްސައިގެން ގޮސް ގާޑިޔަލުގައި ޖެހުނީ ކަމަށް ބުނެފައި ވެ އެވެ. އެކްސިޑެންޓުވިތާ ދެ ސައިކަލު އޮތުމުން އެކަމަށް ބާރު ލިބެ އެވެ.

އެކަމަކު ފުލުހުން މި އެކްސިޑެންޓާ ގުޅޭގޮތުން އަދި ކޮމެންޓް ނުކުރާތީ އެކަން ޔަގީނެއް ނުކުރެވުނެވެ.