ކުރީގެ މަޝްހޫރު ފިލްމު "ދަ ގޯޑްފާދާ" ހަދަން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާ ސީރީޒުން އާމީ ހެމާ ވަކިކޮށްފައިވާތީ އޭނާގެ ބަދަލުގައި އެއަށް މައިލްޒް ޓެލާ ހަމަޖައްސައިފި އެވެ.
30 މެއި 2021
ކުރީގެ މަޝްހޫރު ފިލްމު "ދަ ގޯޑްފާދާ" ހަދަން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާ ސީރީޒުން އާމީ ހެމާ ވަކިކޮށްފައިވާތީ އޭނާގެ ބަދަލުގައި އެއަށް މައިލްޒް ޓެލާ ހަމަޖައްސައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި ޕެރަމައުންޓް ޕްލަސްގެ ސީރީޒުން އާމީ އަށް ކުޅެން ލިބުނު ޕްރޮޑިއުސަރު އަލްބަޓް އެސް ރޫޑީގެ ރޯލު ޓެލާ އަށް ދީފައިވާ އިރު، "ދި އޮފާ" ގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރާނެ އެވެ.
"ވިޕްލޭޝް" އާއި "ދަ ސްޕެކްޓަކިއުލާ ނައު" ގެ އިތުރުން "ބްލީޑް ފޯ ދިސް" އަދި "އޯންލީ ދަ ބްރޭވް" ފަދަ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ޓެލާ 34، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" އާއި ކްރިސް ހެމްސްވޯތުގެ "އެސްކޭޕް ފްރޮމް ސްޕައިޑަހެޑް" ހިމެނެ އެވެ.
ރޭޕްގެ ތުހުމަތާއި ކެނަބަލިޒަމްއާ ގުޅުން ހުރި މައްސަލަތަކެއްގައި ފިލްމީ ކެރިއަރު ހަލާކުވެފައިވާ އާމީ އަށް "ދި އޮފާ" ގެ އިތުރުން ޖެނިފާ ލޮޕޭޒް (ޖޭލޯ) ގެ "ޝޮޓްގަން ވެޑިން" އާއި "މިލިއަން ޑޮލާ ސްޕައި" ވެސް ގެއްލިފައިވެ އެވެ.
އަންނަ އަހަރުގެ ޖޫން 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޝޮޓްގަން ވެޑިން" އިން އާމީ ވަކިކޮށް އެ ފިލްމު ހެދީ އެކްޓަރު ޖޯޝް ޑަމެލްއާ އެކީގަ އެވެ.
އާމީ ޝޫޓްކޮށް ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ނެކްސްޓް ގޯލް ވިންސް" ހިމެނެ އެވެ. "ޑެތު އޮން ދަ ނައިލް" އަކީ މި އަހަރުގެ ސެޕްޓެމްބަރު 17 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް
ނޯލަންގެ އާ ފިލްމުން ރަމީ އަށް ވެސް ރޯލެއް
ޓޭޓަމްގެ "މެޖިކް މައިކް 3" އަށް ނިއުޓަން
އެލިޒަބަތު ހޯމްސްގެ ރޯލަށް ލޯރެންސް
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް
ޓޭޓަމްގެ "މެޖިކް މައިކް 3" ކަށަވަރު
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
އުޖޫރައިގެ ފަރަގު ލޯރެންސަށް މައްސަލައެއް ނޫން
"ޑެނިޝް ގާލް" ކުޅުމަކީ ހެދުނު ގޯހެއް: އެޑީ