Roadha Mihaaru
ވާލެއް ފެނި އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި

ވާލެއް ފެނިގެން އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި

31 މެއި 2021

އިންޑިއާގެ ނިއު ދިއްލީން އެމެރިކާގެ ނިއު ޔޯކަށް މިދިޔަ ހުކުރުވިލޭ މެންދަމު ދަތުރު ފެށި އެއާ އިންޑިއާގެ މަތިންދާބޯޓެއްގެ ތެރެއިން ވާލެއް ފެނިގެން ދަތުރަށް ބުރޫ އެރި މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ނިއު ދިއްލީން އެމެރިކާގެ ނިއު ޔޯކަށް މިދިޔަ ހުކުރުވިލޭ މެންދަމު ދަތުރު ފެށި އެއާ އިންޑިއާގެ މަތިންދާބޯޓެއްގެ ތެރެއިން ވާލެއް ފެނިގެން ދަތުރަށް ބުރޫ އެރި މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ބޮއިން 777 ގެ ބޯޓުގެ ބިޒްނަސް ކްލާހުގެ ތެރޭގައި އުދެހިނިކޮށް ކްރޫއަކަށް ވާ ފެނުނީ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ބައި ގަޑިއެއްހާ އިރު ފަހުން ކަމަށެވެ. ކެބިންގެ ތެރެއިން ވާ ފެނުމާ އެކު ބޯޓު އަނބުރާލައި އަލުން އިންދިރާ ގާންދީ އެއާޕޯޓަށް ޖެއްސި އެވެ. ބޯޓުތެރެއިން އެސޮރު ނެރުނީ ޕެސްޓް ކޮންޓްރޯލެއް ޖަހައި މަރާލައިގެންނެވެ.

އެއާ އިންޑިއާ އިން ބުނީ ބޯޓު ތެރެއަށް ވާލެއް ވަނީ ކިހިނެއްކަން ކަށަވަރުނުވާ ކަމަށެވެ. އެކަމަކު ބޮޑަށް ބެލެވެނީ ކޭޓަރިންގެ ސާމާނު އެރުވި އިރު ހިނގި ކަމެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

އެއާ އިންޑިއާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޭޓަރިންގެ ސާމާނު އުފުލާ ވެހިކަލްތަކަށް ވާލާއި ހިކަދި ފަދަ އެއްޗެހީގެ އުނދަގޫ ބޮޑެވެ.

ވާލަކާ ހެދި އެއާ އިންޑިއާގެ ބޯޓު އަލުން ޖައްސަން ޖެހުނު ހާދިސާއާ ބެހޭ ގޮތުން އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ބޯޓް ލޭންޑްކުރީ ވަރަށް ރައްކާތެރިކޮށް ކަމަށާއި މި ހާދިސާގައި އެއްވެސް ކަހަލަ ނުރައްކާތެރި ކަމެއް ހިނގާފައި ނުވާ ކަމަށެވެ.