Roadha Mihaaru
ހުޅުމާލޭގައި ބައިސިކަލް ކުއްޔަށް ދޭ ޕްރޮޖެކްޓެއް

ބީއެމްއެލް-އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި 300 ބައިސިކަލް ކުއްޔަށް ދޫކުރަނީ

03 ޖޫން 2021

ހުޅުމާލޭގައި ބައިސިކަލު ކުއްޔަށް ދޭން "ސިޓީ ބައިކް" ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއެކު ބީއެމްއެލުން މިއަދު ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި ބައިސިކަލު ކުއްޔަށް ދޭން "ސިޓީ ބައިކް" ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއެކު ބީއެމްއެލުން މިއަދު ސޮއިކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓްގައި 300 ބައިސިކަލް ކުއްޔަށް ދޫކުރާނެ ކަމަށާއި އަގު ވެސް ބޮޑު ނުވާނެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކުއްޔަށް ދޫކުރާ ބައިސިކަލުތައް ހުޅުމާލޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ދުއްވޭނެ އެވެ. ބައިސިކަލުތައް ޕާކު ކުރުމަށް ޑޮކިން ސްޓޭޝަންތައް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ޕްރޮޖެކްޓަށް ފަންޑު ކުރަނީ ބީއެމްއެލުން ކަމަށް ވާއިރު، ބައިސިކަލް ކުއްޔަށް ދޫކުރުމަށް ފަހު ފައިސާ ނަގަނީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތުގެ ތެރެއިންނެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެޗްޑީސީއާ ގުޅިގެން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމީ ބައިސިކަލަކީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތަކަށް ވެފައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެދޭ އެއްޗަކަށް ވާތީ ކަމަށެވެ.