Roadha Mihaaru
ރަންބީރާއި ޝްރަދާގެ ފިލްމު ސްޕެއިނަށް

ރަންބީރާއި ޝްރަދާގެ ފިލްމު ސެޕްޓެމްބަރުގައި ސްޕެއިނަށް

07 ޖޫން 2021

ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކީގައި ކުޅޭ ފުރަތަމަ ފިލްމުގެ މަންޒަޒުތަކެއް ސްޕެއިންގައި ނަގާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކީގައި ކުޅޭ ފުރަތަމަ ފިލްމުގެ މަންޒަޒުތަކެއް ސްޕެއިންގައި ނަގާ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" ސީރީޒް ފަދަ ކާމިޔާބި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ލަވް ރަންޖަންގެ ނަން އަދި އިއުލާން ނުކުރާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން ދެ ޝެޑިއުލްގެ ދަށުން ފިލްމުގެ ގިނަ މަންޒަރުތަކެއް ކުރިން ވަނީ ނިއު ދިއްލީގައި ނަގައިފަ އެވެ.

ނަމަވެސް ތިން ވަނަ ޝެޑިއުލް މެއި މަހުގެ ތެރޭގައި ފަށަން ރާވާފައި އޮތް ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މަސައްކަތް އޮތީ ހުއްޓިފަ އެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން މި މަހުގެ 20 ގައި އަލުން ފަށާ އިރު ދިއްލީ ނުވަތަ އުއްތަރު ޕްރަދޭޝްގައި ޝޫޓްކޮށް އިންޑިއާގައި ނަގަން ޖެހޭ މަންޒަރުތައް ނިންމައިލުމަށް ފަހު، ކާސްޓާއި ކްރޫ ސްޕެއިން ޝެޑިއުލަށް ފުރާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އިއުލާންކުރި ފަހުން ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މި ފިލްމު 2019 ގައި އިއުލާންކުރީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ މާޗް 26 ގައި ސިނަމާތަކަށް ގެންނަން ގޮތަށެވެ. އެކަމަކު އެކަން ނުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ.

ރަންބީރާއި ޝްރަދާއާ އެކު ފިލްމުގެ ކާސްޓްގައި ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ. މި ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި މިހާރުގެ ތަރިން ކަމަށްވާ ޖާންވީ އާއި އަރުޖުން ކަޕޫރްގެ ބައްޕަ ބޯނީ ފިލްމެއްގެ ބޮޑު ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.