Roadha Mihaaru
އިންޑިއާގެ ނައިބު ރައީސާ ޖިހާދު ބައްދަލުކުރައްވައިފި

ނައިބު ރައީސް ޖިހާދު އިންޑިއާގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

21 ނޮވެމްބަރ 2016

ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، އިންޑިއާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީއާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، އިންޑިއާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީއާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

ތިން ވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކޮށްދެއްވުމަށް މިހާރު އިންޑިއާގެ ދިއްލީގައި ހުންނެވި ޖިހާދު، އެ ގައުމުގެ ނައިބު ރައީސްއާ ބައްދަލު ކުރެއްވީ ތާޖް ޕެލަސް ހޮޓެލްގަ އެވެ.

ރާއްޖޭގެ ނައިބު ރައީސް ޖިހާދު، އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ނައިބު ރައީސް ޖިހާދު، އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ދެ ނައިބު ރައީސުންގެ މި ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ސަރަހައްދީ ރައްކާތެރިކަމާއި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށާއި އެގޮތުން ބޭންކިން އާއި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ.