09 ޖޫން 2021
ސިނަމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މައުލޫމާތު ލިބިގެން އެ ތަނަށް ދިޔަ ފުލުހުންގެ ކާރަކާއި އެހެން ވެހިކަލެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
ސިނަމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މައުލޫމާތު ލިބިގެން އެ ތަނަށް ދިޔަ ފުލުހުންގެ ކާރަކާއި އެހެން ވެހިކަލެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ހައިވޭ އަށް ދިޔައީ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ރިޕޯޓް ލިބިގެން ހަވީރު 4:10 ގަ އެވެ. އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެ، އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ކާރެއް އެތަނަށް ދިޔަ ކަމަށާއި އެކްސިޑެންޓުވީ އެތަނުގައި މަޑުކޮށްގެން އޮއްވައި މާލެ އިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ޕިކަޕެއް ފުލުހުންގެ ކާރުގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ރިޕޯޓު ކޮށްފައި ވަނީ ހަވީރު 4:45 ގަ އެވެ.
ފުލުހުންގެ ކާރުގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ކާރުގެ ފަހަތު ޑިކީއާ ދިމާލުން ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.
"ޕޮލިސް ވެހިކަލަށާއި ޕިކަޕަށް ވެސް ގެއްލުން ވެފައިވޭ. ޕިކަޕު މިހާރު ވަނީ ޓޯ ކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ދެ އެކްސިޑެންޓު ވެސް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބްރިޖު މަތިން ކާރެއް ފުރޮޅާލައިފި
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ
ފުލުހުންގެ ކާރެއް ފުރޮޅާލައި ތިން މީހަކަށް އަނިޔާވެއްޖެ
ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް
ޓްރެފިކް ލައިޓަށް މަޑުނުކޮށް ގޮސް ޖެހުނީ ސައިކަލެއްގައި
ބްރިޖުގައި ދެ އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި
ބްރިޖުމަތީގައި އެއް ވަގުތެއްގައި ދެ އެކްސިޑެންޓް
ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި
ތިން އެކްސިޑެންޓަކާ ގުޅިގެން ލައިސަންސް ހިފަހައްޓައިފި