ނުފޫޒު ގަދަ އަންހެން ނޫސްވެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ނޫސްވެރިޔާ ކްރިސްޓިއަން އަމަންޕޫރް އޯވަރީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަކަން ހާމަކޮށްފި އެވެ.
16 ޖޫން 2021
ނުފޫޒު ގަދަ އަންހެން ނޫސްވެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ނޫސްވެރިޔާ ކްރިސްޓިއަން އަމަންޕޫރް އޯވަރީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަކަން ހާމަކޮށްފި އެވެ.
ސީއެންއެންގެ ޗީފް އިންޓަނޭޝަނަލް އެންކާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ، އީރާން ދަރިކޮޅުގެ އިނގިރޭސިއެއް ކަމަށްވާ 63 އަހަރުގެ އަމަންޕޫރް އޮވޭރިއަން ކެންސަރަށް ފަރުވާ ހޯދާ ވާހަކަ ހޯމަ ދުވަހު އާންމުކޮށް، ބުނީ މިހާރު ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ކީމޯތެރަޕީ ނަގަމުން އަންނަ ކަމަށެވެ.
"ބަލީގެ ވާހަކަ އާންމުކުރަން ބޭނުންވި މުހިއްމު ސަބަބަކީ އަހަންނަށް ދިމާވި ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ފަރުވާ ހޯދަން އިސްކަން ދިނުމުގެ މުހިއްމުކަން އަންގައި ދިނުން،" ނޫސްވެރިކަމުގެ ދާއިރާ އިން އެތައް ތަޖުރިބާއެއްކޮށް، ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ އަމަންޕޫރް ބުންޏެވެ.
Some personal news from me: pic.twitter.com/D5noRnfXfA
— Christiane Amanpour (@camanpour) June 14, 2021
އަމަންޕޫރް ބުނި ގޮތުގައި އޯވަރީގެ ކެންސަރު ފަދަ ބަލިތަކުން އަންހެނުންނަށް ރައްކާތެރިކަން ހޯދޭނީ އެ ބައްޔަށް ހޭލުންތެރިވެގެންނެވެ. އަދި އަބަދުވެސް ސިއްހީ ހާލަތު ގަވައިދުން ބަލައި ޗެކަޕް ހެދުމަކީ ބޮޑެތި ބަލިތަކުން ރައްކާތެރިވާން މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ކައިވެނި ރޫޅިފައިވާ އަމަންޕޯގެ ހުންނަނީ އެންމެ ދަރިއެކެވެ.
އަމަންޕޫރަކީ ނޫސްވެރިކަމުގެ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންގެ ތެރެއިން އެކަކެވެ. އަމަންޕޫރް އިނގިރޭސިވިލާތަށް އުފަންވި ނަމަވެސް އުމުރުން 11 އަހަރު ވަންދެން ދިރިއުޅުނީ ބައްޕަ ނިސްބަތްވާ ގައުމު ތެހެރާންގަ އެވެ.
ނޫސްވެރިކަމުގެ ތެރޭގައި އަމަންޕޫރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ބޮޑެތި ހަނގުރާމަތަކާއި އެ ނޫން ވެސް ބޮޑެތި އެތައް ހާދިސާތަކެއް ކަވަރުކޮށްފައިވާ ވަރަށް ތަޖުރިބާކާރު ނޫސްވެރިއެކެވެ.
ސީއެންއެންގެ ކުރިން ސީބީއެސް އާއި އޭބީސީ އަދި ޕީބީއެސް ފަދަ ނެޓްވޯތްތަކުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ