ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބީޗަކީ ގުދުރަތީގޮތުން އުފެދިފައިވާ ދިގު ބީޗެއް. މިއީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ބީޗު އޮތް ރިސޯޓް. މި ބީޗުގެ ދިގުމިނުގައި 150 މީޓަރު ހުރޭ.
22 ޖޫން 2021
ވެލިގަނޑު ރިސޯޓުގެ ބީޗުގެ މަތިން ނަގަފާއިވާ ފޮޓޯއެއް-- ފޮޓޯ: ވެލިގަނޑު އައިލެންޑް ރިސޯޓު
ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބީޗަކީ ގުދުރަތީގޮތުން އުފެދިފައިވާ ދިގު ބީޗެއް. މިއީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ބީޗު އޮތް ރިސޯޓް. މި ބީޗުގެ ދިގުމިނުގައި 150 މީޓަރު ހުރޭ.
ވެލިގަނޑު ރިސޯޓުގެ ބީޗު-- ފޮޓޯ: ވެލިގަނޑު އައިލެންޑް ރިސޯޓް
ދުނިޔޭގެ އެންމެ ރީތި ބީޗަކަށް ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބީޗް ހޮވުނީ އޮންލައިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އެމެރިކާގެ ކިވީ ގެ އިނސްޓަގްރާމް ޕޭޖު މެދުވެރިކޮށް ނެގި ވޯޓުން. "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް" މުބާރާތުގެ ފައިނަލުގައި ރާއްޖެއާއެކު ވާދަކުރީ ސީޝެލްގެ ރިސޯޓެއް.
ބަޔަކު ވެލިގަނޑު ރިސޯޓު ބީޗުގައި ހާއްސަ ވަގުތުކޮޅެއް ހާއްސަ ކުރަނީ-- ފޮޓޯ: ވެލިގަނޑު އައިލެންޑް ރިސޯޓު
އދ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓަކީ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ދަށުން ހުޅުވި ރިސޯޓެއް. މި ރިސޯޓު ހުޅުވީ 184 ވަނަ އަހަރުގައި. މި ރިސޯޓުގައި ވޯޓާ ވިލާ އާއި ބީޗު ވިލާ ހިމެނޭހެން 91 ވިލާ ހުރޭ.
ވެލިގަނޑު ބީޗުގައި ހަޓުތައް ބަހައްޓާފައި-- ފޮޓޯ: ވެލިގަނޑު އައިލެންޑް ރިސޯޓު
ދުނިޔޭގެ އެންމެ ރީތި ބީޗުގެ އިތުރުންވެސް ޓޫރިޒަމްގެ ތަފާތު އެވޯޑުތައް އެ ރިސޯޓުން ވަނީ ކާމިޔާބު ކޮށްފައި. މީގެ ތެރޭގައި އޭޝިއާ ބައްރުގެ އެންމެ ރޮމޭންޓިކް މަންޒިލާއި ޓްރެވަލް އެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑު ވެސް އެ ރިސޯޓަށް ވަނީ ލިބިފައި.
ވެލިގަނޑު ރިސޯޓުގެ ބީޗުގައި ބަޔަކު ހިނގާލާފައި ދަނީ-- ފޮޓޯ: ވެލިގަނޑު އައިލެންޑް ރިސޯޓު
ވެލިގަނޑު ރިސޯޓު ހިންގާ ކްރައުން އެންޑް ޗަމްޕާއިން ބުނީ ދުނިޔޭގެ އެންމެ ރީތި ބީޗުގެ މަގާމު އެ ރިސޯޓަށް ލިބުމަކީ ރާއްޖެއަށާއި ރާއްޖޭގެ ޓޫރިޒަމަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށް. އެ ރިސޯޓުގެ ބީޗަކީ ރިސޯޓުގެ އެންމެ ހާއްސަ ފީޗާތަކުގެ ތެރޭގައި ހިމެނޭ ބައެއް.
ވެލިގަނޑު ރިސޯޓުގެ އިންފިނިޓީ ޕޫލް-- ފޮޓޯ: ވެލިގަނޑު އައިލެންޑް ރިސޯޓު
މި ރިސޯޓުގައި ޓޫރިސްޓުންނަށް ހާއްސަ ޑައިވް ސެންޓަރަކާއި ފޮޓޯ ސްޓޫޑިއޯއެއްގެ އިތުރުން ގޭމް ރޫމަކާއި ދިވެހި އުފެއްދުންތައް ލިބޭ ސުވެނިއާ ޝޮޕެއް ވެސް ހުރޭ. މި ރިސޯޓުގެ ބީޗުގައި އިންފިނިޓީ ޕޫލެއް ވެސް ވަނީ ހަދާފައި.
ދުނިޔޭގެ އެންމެ ރީތި ބީޗުގެ ފައިނަލަށް ރާއްޖޭގެ ރިސޯޓެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު