އިތިއޮޕިޔާގައި ގާއިމުކޮށްފައިވާ ނަހްޒާ ޑޭމް އިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ޑޭމަށް ފެން ފުރަން، އިތިއޮޕިޔާ ސަރުކާރުން ތައްޔާރުވަމުންދާއިރު، އެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިސްރުން މަސައްކަތް ފަށައިފި އެވެ.
އިތިއޮޕިޔާގައި ގާއިމުކޮށްފައިވާ ނަހްޒާ ޑޭމް އިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ޑޭމަށް ފެން ފުރަން، އިތިއޮޕިޔާ ސަރުކާރުން ތައްޔާރުވަމުންދާއިރު، އެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިސްރުން މަސައްކަތް ފަށައިފި އެވެ.
މިސްރާއި ސޫދާނުގައި ވެސް ކަރަންޓު އުފައްދަނީ، ނީލް ކޯރުގައި ހަދާފައިވާ ޑޭމްތަކުން ކަމަށްވާއިރު، އިތިއޮޕިޔާ އިން އިތުރު ޑޭމެއް ހަދައި އެ ޑޭމަށް ފެން ފުރަން ފެށުމުން، އަދި ފެން ފުރުމަށް ފަހު ޑޭމްގެ ތެރެއިން ފެން ދޫކުރަން ފެށުމުން، މިސްރާއި ސޫދާންގެ ޑޭމްތައް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.
އޭގެ އިތުރުން މިސްރާއި ސޫދާނުގައި ދަނޑު ހައްދަނީ ވެސް އަދި ބުއިމަށް ބޭނުންކުރަނީ ވެސް ނީލް ކޯރުގެ ފެން ކަމަށްވާތީ، އެ ދެ ގައުމުގެ ބޯފެން އުފެއްދުމުގެ ނިޒާމުތަކަށާއި ދަނޑުވެރިކަމަށް ވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް، އެ ދެ ގައުމުން ދެކެ އެވެ.
އިތިއޮޕިޔާ އިން މި ޑޭމަށް އެންމެ ފުރަތަމަ ފެން ފުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ދެ ވަނަ ފަހަރަށް ޑޭމަށް ފެން ފުރުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ.
މި ޑޭމް ބިނާ ކޮށް ފެންފުރައި ކަރަންޓު އުފައްދަން ފެށުމުން، ނީލް ކޯރުން މިސްރަށް އަންނަ ފެން ކޮންމެވެސް ވަރަކަށް މަދުވާނެ އެވެ. އަދި ސޫދާނަށް ލިބޭ ފެނުގެ މިންވަރަށް ވެސް ނުބައި އަސަރުތަކެއް ކުރާނެއެވެ. ސޫދާނުން ދެކޭ ގޮތުގައި، ނީލް ކޯރުން ލިބޭ ފެން މަދުވުމުން ސޫދާނުގެ ދަނޑުބިންތައް ހަނަފަސްވާނެ އެވެ. އަދި ޑޭމަށް ފެން ފުރުމަށް ފަހު، ކަރަންޓު އުފައްދާ މޯޓަރުތައް ހިންގުމަށްޓަކައި ޑޭމުން ފެން ދޫކުރަން ފެށުމުން، ސޫދާނުގެ ކޯރުތައް ބަންޑުންވުމުގެ ނުރައްކާ ވެސް އެބަ އޮތެވެ. އެހެން ވެއްޖެ ނަމަ، އިގްތިސާދީ މައްސަލަތަކާއި އިންސާނީ މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
އިތިއޮޕިޔާގެ ޑޭމަށް ފެން ފުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުވައި ދިނުމަށް އެދި، މިސްރުން ވަނީ މިމަހުގެ 12 ވަނަ ދުވަހު ސަލާމަތީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އޭގެ 10 ދުވަސް ފަހުން ސޫދާނުން ވެސް ވަނީ، ނީލް ކޯރުގެ އައްސޭރި ފަށުގައި ދިރިއުޅެ އެތައް މިލިއަން އިންސާނުންގެ ފުރާނައާ ގުޅިފައިވާ މި މައްސަލަ ހައްލުކުރުމަށް، ސަލާމަތީ މަޖިލީހުގެ އަވަސް ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދި ހުށަހަޅައިފަ އެވެ.
މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކުރީ ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި، އެކި ގައުމުތަކާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ. މިސްރުން ސަލާމަތީ މަޖިލިސް މެދުވެރިކޮށް މިމައްސަލަ ހައްލުކުރަން މަސައްކަތް ފެށީ، އެފްރިކަން ޔޫނިއަންގެ ތެރެއިން މި މައްސަލަ ހައްލު ކުރަން ކުރި މަސައްކަތަށް އިތިއޮޕިޔާ އިން އެއްބާރުލުން ނުދިނުމުން ކަމަށް ސާމިހް ވިދާޅުވި އެވެ.
ސާމިހް ވިދާޅުވީ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ހޯދާ ހައްލަކަށް އިތިއޮޕިޔާ އިން އެއްބަސްނުވެއްޖެ ނަމަ، ސުލްހަވެރި ގޮތުގައި މި މައްސަލަ ހައްލުކުރަން މިސްރާއި ސޫދާނުން ކުރާ މަސައްކަތް ހުއްޓުނީކަމަށް އިތިއޮޕިޔާ އިން ގަބޫލުކުރަންވާނެ އެވެ. އިތިއޮޕިޔާގެ ޑޭމްގެ މައްސަލައަކީ ކިހާ ނުރައްކާތެރި މައްސަލައެއްކަން ބައިނަލްއަގުވާމީ މުޖްތަމައު ވެސް ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތިއޮޕިޔާ ސަރުކާރުން ބުނި ގޮތުގައި ޑޭމް ހަދަނީ މިސްރަށާއި ސޫދާނަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެއީ އެ ގައުމަށް ކުރިމަތިވެފައިވާ ކަރަންޓު އުފެއްދުމުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތެއް ކަމަށާއި، ރާވާފައިވާ ގޮތަށް ޑޭމްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އިތިއޮޕިޔާ އިން ބުނެ އެވެ.
މި މައްސަލައި މިސްރުން މިހާތަނަށް ދިން އެންމެ ހޫނު ރައްދުގައި މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ، މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ވިދާޅުވީ ނީލް ކޯރުގެ ފެނަކީ ރަތް ރޮނގު ކަން އިތިއޮޕިޔާ އަބަދުވެސް ހަނދާން ކުރަންވާނެ ކަމަށެވެ. އަދި މިސްރަށް ލިބޭ ފެނާ އެއްވެސް ބަޔަކު ކުޅެން އުޅޭ ނަމަ، މުޅި ސަރަހައްދުގެ ހަމަޖެހުމަށް ލޮޅުން އަރާ ވަރުގެ ރައްދެއް މިސްރުން ދޭނެ ކަމަށް ވެސް ސީސީ ވިދާޅުވި އެވެ.
ޔޫއޭއީ ހުއްޓުވަން ސޫދާނުން ދުނިޔެއަށް ގޮވާލައިފި
ފަލަސްތީނުގެ މިނިވަން ދައުލަތެއް އަވަހަށް ގާއިމުކޮށްދީ
ސޫދާންގެ ހަނގުރާމައަށް މިސްރާއި ލީބިޔާ ވަންނަނީ
އދ. އިން ސޫދާންގެ ވެރިންނާ މަޝްވަރާ ކުރަނީ
އިތިއޮޕިއާގައި އދ.ގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފި
އިތިއޮޕިޔާގައި އަހުލީ ހަނގުރާމައެއް ފެށިދާނެ
އދ.އިން އުޅެނީ މުރްސީގެ މަރު ސިޔާސީ ކުރަން: މިސްރު
ގުދުސްގެ ގަރާރު އެމެެރިކާ އިން ވީޓޯ ކޮށްފި
އެޗްއައިވީން ރައްކާތެރިކޮށްދޭ އާ ބޭސް ދޭންފަށައިފި
އިތިއޯޕިއާގެ އަލިފާން ފަރުބަދައެއްގެ ދުން އިންޑިއާއަށް