Roadha Mihaaru
އޮޅިގެން ޖަމާވި މިލިއަން ޑޮލަރު ބޭނުންކުރުމުން ޖަލަށް

އޮޅިގެން ޖަމާވި މިލިއަން ޑޮލަރު ބޭނުންކުރި ރަޝިއާ މީހަކު ޖަލަށް

28 ޖޫން 2021

ބޭންކެއްގެ ސޮފްޓްވެއާއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެކައުންޓަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ޖަމާވުމުން އެ ފައިސާ ބޭނުންކޮށް، އަގު ބޮޑު މުދާ ގަތް މައްސަލައެއްގައި މީހަކު ހަ އަހަރަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ހުކުރު ދުވަހު ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޭންކެއްގެ ސޮފްޓްވެއާއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެކައުންޓަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ޖަމާވުމުން އެ ފައިސާ ބޭނުންކޮށް، އަގު ބޮޑު މުދާ ގަތް މައްސަލައެއްގައި މީހަކު ހަ އަހަރަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ހުކުރު ދުވަހު ހުކުމްކޮށްފި އެވެ.

މީިޑިއާތަކުން ބުނީ ބޭންކަށް ހެދުނު ގޯހަކުން މިލިއަނަރަކަށްވި ރޯމަން ޔުރްކޯވް، 36، އަށް، ނަހަމަ ގޮތުގައި ފައިސާގެ މުއާމަލާތް ހިންގުމާއި ވައްކަންކުރި ކަމަށް ދައުވާ އުފުލި ކަމަށެވެ.

ބޭންކްގެ ސިސްޓަމްގެ ސޮފްޓްވެއާއަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ރޯމަންގެ އެކައުންޓަށް 95.2 މިލިއަން ރަބްލްސް (1.3 މިލިއަން ޑޮލަރު) ޖަމާވީ މިދިޔަ އަހަރުގެ ޖޫން 1 ގަ އެވެ. އެ ފައިސާ އެކައުންޓަށް ޖަމާވިކަން އެނގުމާ އެކު، އޭގެ ނާޖާއިޒު ބޭނުން ހިފައިގެން ރޯމަން ވަނީ ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގައިފަ އެވެ. ފައިސާ ޖަމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ 220 ޓްރާންސެޝަން ހަދާފައިވެ އެވެ. ގަަނެފައިވާ އަގު ބޮޑު ތަކެތީގެ ތެރޭގައި ލަގްޒަރީ ހަތަރު އެޕާޓްމަންޓާއި އައިފޯނަކާއި ދެ ކާރު ހިމެނެ އެވެ. ކާރުތަކުގެ ތެރޭގައި އެންމެ އަގު ބޮޑު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބީއެމްޑަބްލިއުއަކާއި މާސިޑީޒްއެއް ހިމެނެ އެވެ. މީގެ އިތުރުން އަގު ބޮޑު މަންޒިލްތަކަށް ޗުއްޓީ ދަތުރުތަކެއް ވެސް ކޮށްފައިވެ އެވެ.

ރޯމަން ގަތް ތަކެތީގެ ތެރޭގައި ލަގްޒަރީ ހަތަރު އެޕާޓްމަންޓާއި އައިފޯނަކާއި ބީއެމްޑަބްލިއު އަދި މާސިޑީޒް ކާރެއް ހިމެނޭ.

މި މައްސަލާގައި ރޯމަން ހައްޔަރުކޮށް ދައުވާ އުފުލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ އެކައުންޓް ފްރީޒްކުރި އެވެ. އޭރު އެކައުންޓްގައި ހުރީ 39 މިލިއަން ރަބްލްސް (540,150 ޑޮލަރު) އެވެ.

އޮޅުމަކުން ޖަމާވި ފައިސާ ބޭނުންކުރި މައްސަލާގައި ދައުވާކޮށް، ހުކުމެއް އައުމުގެ ކުރިން ފައިސާ ޖަމާކުރި ބޭންކްގެ އިސް އޮފިޝަލުން ރޯމަންއާ ބައްދަލުކޮށް، ކަން ހިނގި ގޮތް ކިޔައިދީފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ނަމަވެސް އެއްވެސް ގޯހެއް އަމިއްލަ އަށް ހެދި ކަމަށް އެއްބަސްވާން އޭނާ އިންކާރުކޮށްފައިވެ އެވެ.

ހުކުމް އިއްވި ދުވަހު ވެސް ކޯޓުގައި ރޯމަން ބުނީ އެއްވެސް ގޯހެއް ނަހަދާ ކަމަށާއި އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށެވެ.

ބޭންކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި މީހަކު މިލިއަނަރަކަށްވެ، އޭނާ އެންމެ ފަހުން ކުށްވެރިވި ނަމަވެސް ބޭންކްގެ ނަމެއް މީޑިއާތަކުން ހާމައެއްނުކުރެ އެވެ.