Roadha Mihaaru
ހައްޔަރުކުރި 17 އަހަރު ކުއްޖާގެ ބަންދަށް 13 ދުވަސް

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް

07 ޖުލައި 2021

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަން ޖުވަނައިލް ކޯޓުން އިތުރު 13 ދުވަސް މިއަދު ދީފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަން ޖުވަނައިލް ކޯޓުން އިތުރު 13 ދުވަސް މިއަދު ދީފި އެވެ.

ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ މަހު 22 ގަ އެވެ. ކުއްޖާގެ ބަންދަށް 13 ދުވަސް އިތުރު ކޮށްފައިވަނީ، އެ ކުއްޖާގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި 27 އަހަރުގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މަރާލާފައި އޮއްވާ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފޭހުގެ މޫދުންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ކުއްޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަލް ހެދުމަށް ހޯމަ ދުވަހު އިންޑިއާ އަށް ފޮނުވައިފަ އެވެ.