އެމިރޭޓްސް އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފި އެވެ.
06 ޖުލައި 2021
އެމިރޭޓްސް އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފި އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ މި މަހުން ފެށިގެން އެކި މަންޒިލްތަކުން ހަފުތާއަކު 28 ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ދަތުރުތައް އިތުރުކުރީ ހޫނު މޫސުމާ ދިމާކޮށެވެ.
އެމިރޭޓްސް އިން 124 މަންޒިލަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ. އެ އެއާލައިނަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ މީހުން ދަތުރުކުރި އެއާލައިނެވެ. މިހާތަނަށް 104،612 މީހުން ވަނީ އެ އެއާލައިނުން ރާއްޖެ އައިސްފަ އެވެ.
އެމިރޭޓްސް އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ކުރަން ފެށީ 1987 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ޕެސެންޖާ ފްލައިޓާއި ކާގޯ ފްލައިޓުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
ކޮވިޑް-19އަށް ފަހު އަލުން ދުނިޔޭގެ ޓޫރިޒަމް ހުޅުވާލާފައި ވާއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. ކޮވިޑް-19ގެ ކުރިއާ އަޅާބަލާއިރު ޔޫރަޕާއި އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދެ ގުނައަށް އަރައިފަ އެވެ.
މި ދުވަސްވަރު ޓޫރިސްޓުން ރާއްޖެ ހިޔާރުކުރަނީ ރާއްޖެއަކީ ރަށްތައް ވަކިން އޮންނަ ގައުމަކަށްވެފައި އެކަހެރިކޮށް އުޅެވޭނެ ގައުމަކަށްވާތީ އެވެ. ޓޫރިޒަމް މިނިސްޓްރީންނާއި ރިސޯޓުތަކުން ވެސް ރާއްޖެ އިޝްތިހާރު ކުރަމުން އަންނަނީ މި ކޮންސެޕްޓަށެވެ.
ޔޫރަޕާއި އެމެރިކާ އަދި އެފްރިކާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަަދަދު އިތުރުވެފައިވާތީ ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުތަކުގެ 12 މަންޒިލަކުން ރާއްޖެއަށް ދަތުރު ފަށަން ރާވާފައިވާ ކަމަށް ވެސް އެމިރޭޓްސް އިން ބުންޏެވެ.
އެމިރޭޓްސް އިން މާލެ-ކޮލަމްބޯ ދަތުރުތައް ފަށަނީ
އެމިރޭޓްސް އިން އެއްލައްކަ މީހުން ރާއްޖެ ދަތުރުކޮށްފި
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މި މަހު އަލުން ފަށަނީ
އެމިރޭޓްސްގެ ދަތުރުތައް ޖުލައި 16ގައި ފަށަނީ
29 ސިޓީ އަކަށް އެމިރޭޓްސްގެ ދަތުރުތައް ފަށަނީ
އެމިރޭޓްސްއިން ޓިކެޓް ނެގި މީހުންނަށް ބޮޑު ލުޔެއް
ރާއްޖެ އަށް އެމިރޭޓްސް އިން ދަތުރުކުރާތާ 30 އަހަރު
ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވުން ކުށްވެރިކޮށްފި
ރާއްޖެ-މުމްބާއީ ފްލައިޓެއްގައި 3.7 މިލިއަނުގެ ރަން