ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރުން ލުއި ދިނުމާ ގުޅިގެން އެމިރޭޓްސް އިން 29 ސިޓީއަކަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
05 ޖޫން 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރުން ލުއި ދިނުމާ ގުޅިގެން އެމިރޭޓްސް އިން 29 ސިޓީއަކަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ޔޫއޭއީގެ ގައުމީ އެއާލައިން އެމިރޭޓްސް އިން ވަނީ އެކި ގައުމުތަކުގެ މަޝްހޫރު ގިނަ ސިޓީތަކަކަށް އަލުން ދަތުރުތައް ނިންމައިފަ އެވެ. އޭގެ ތެރޭގައި މެޗެސްޓާ އާއި ވިއޭނާ އާއި އާމްސްޓަޑާން އާއި ކޯޕެންހޭގަން އާއި ނިއު ޔޯކް އާއި ސޯލް އާއި ކުއަލަ ލަންޕޫރާއި ސިންގަޕޫރާއި ޖަކާޓާ އާއި ހޮންގް ކޮންގް އާއި ބްރިސްބޭން ފަދަ ސިޓީތައް ހިމެނެ އެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ސިޓީތައް ކަމުގައިވާ ކަރާޗީ އާއި ލާހޫރާއި އިސްލާމް އާބާދަށް ވެސް އަންނަ ހޯމަ ދުވަހުން ފެށިގެން އެމިރޭޓްސްގެ ދަތުރުތަށް އޮންނާނެ އެވެ.
އެކަމަކު، ފަސިންޖަރުންގެ ބަދަލުގައި މި ދުވަސްވަރު ގިނައިން އަޅާނީ ކާގޯ ފްލައިޓްތަކެވެ. އެގޮތުން، ލަންޑަންގެ ހީތްރޯ އާއި ފްރޭންފުޓް އާއި ޕެރިސް އާއި މިލާންގެ އިތުރުން މެޑްރިޑް، ޝިކާގޯ، ޓޮރޮންޓޯ އާއި މެނީލާ ފަދަ ސިޓީތަކަށް މި މަހުގެ 11 އިން ފެށިގެން ކާގޯ ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ. އިމިގްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދަތުރު ކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ވެސް އޮންނާނެ ކަމަށް އެމިރޭޓްސް އިން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ އެއާލައިންތަކެކޭ އެއްގޮތަށް އެމިރޭޓްސްގެ ދަތުރުތައް ވެސް ވަނީ މިދިޔަ މެއި މަހާ ހަމައަށް ހުއްޓާލައިފަ އެވެ. މި ހާލަތާ ގުޅިގެން އެ ކުންފުންޏަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އެމިރޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ވައިޑް ބޮޑީ ޖެޓް އޮޕަރޭޓްކުރާ އެއާލައިނެވެ. ފަސިންޖަރުންނާއި ފްރައިޓް އުފުލުމުގައި ދުނިޔޭގެ ހަތަރު ވަނަ އަހަށް އެންމެ ބޮޑު އެއާލައިނެވެ. ދުބާއީ އެއާޕޯޓަކީ މިދިޔަ އަހަރު އެންމެ ގިނަ މީހުން ދަތުރުކުރި އެއާޕޯޓު ވެސް މެ އެވެ.
ރާއްޖެ އަށް އެމިރޭޓްސް އިން ދަތުރުކުރާތާ 30 އަހަރު
ފްލައިދުބާއީން ސީދާ ދަތުރުތައް އައްޑު އަށް ފަށަނީ
އެމިރޭޓްސް އިން މާލެ-ކޮލަމްބޯ ދަތުރުތައް ފަށަނީ
ހުޅަނގުގެ ޑިޕްލޮމޭޓުން އަފްގާނުން ބޭރުކުރަނީ
އެމިރޭޓްސް އިން ރާއްޖެއަށް ދަތުރުތައް އިތުރުކޮށްފި
އެމިރޭޓްސް އިން އެއްލައްކަ މީހުން ރާއްޖެ ދަތުރުކޮށްފި
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
ރާއްޖެ-އިންޑިއާގެ ވައިގެ ދަތުރުތައް އިތުރުކުރަނީ
އެމިރޭޓްސްގެ ދަތުރުތައް ޖުލައި 16ގައި ފަށަނީ
އެމިރޭޓްސްގެ ފަސިންޖަރުން ކޮވިޑް-19 އަށް ޓެސްޓުކުރަނީ