Roadha Mihaaru
ބްރެންސަންގެ ކުންފުނިން އީލޮން ޖައްވަށް ދަނީ

ބްރެންސަންގެ ކުންފުނިން އީލޮން ޖައްވަށް ދާން ޓިކެޓް ގަނެފި

15 ޖުލައި 2021

އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަން މި ހަފުތާގައި އޭނާގެ ސްޕޭސް ކުންފުނި ވާޖިން ގެލެކްޓިކްގެ ޓީމާ އެކު ޖައްވީ ދަތުރު ކާމިޔާބުކަމާ އެކު ނިންމާލައިފައިވާ އިރު، އެ ކުންފުންޏާ އެކު ޖައްވީ ދަތުރަކަށް ވަޑައިގަތުމަށް ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވެސް ޓިކެޓެއް ބައްލަވައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަން މި ހަފުތާގައި އޭނާގެ ސްޕޭސް ކުންފުނި ވާޖިން ގެލެކްޓިކްގެ ޓީމާ އެކު ޖައްވީ ދަތުރު ކާމިޔާބުކަމާ އެކު ނިންމާލައިފައިވާ އިރު، އެ ކުންފުންޏާ އެކު ޖައްވީ ދަތުރަކަށް ވަޑައިގަތުމަށް ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވެސް ޓިކެޓެއް ބައްލަވައިގެންފި އެވެ.

އެކަން ސްޕޭސް އެކްސްގެ ތަރުޖަމާނު ވޯލް ސްޓްރީޓް ޖާނަލް އަށް ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ވާޖިން ގެލެކްޓިކުން ބޭއްވި ފުރަތަމަ ޖައްވީ ދަތުރުގެ ކުރިން ބްރޭންސަނަށް މަރުހަބާ ވިދާޅުވެ، އީލޮން ޓްވީޓް ވެސް ކުރެއްވި އެވެ. އަދި އެ ޓްވީޓްގެ ރައްދުގައި ބްރޭންސަން ވެސް ޓްވީޓްކުރައްވައި އީލޮންގެ ފަރާތުން ލިބިވަޑައިގަންނަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ވާޖިން ގެލެކްޓިކްގެ ޖައްވީ ޓޫރިމަށް ބޭނުންކުރަނީ ހަ މީހުންގެ ޖާގައިގެ "ޔުނިޓީ22" ކިޔާ އުޅަނދެކެވެ. މީގެ ފުރަތަމަ ދަތުރަށް ފަހު، ބްރޭންސަން ވަނީ އާންމުންގެ ދެ މީހަކު އަންނަ އަހަރު ޖައްވަށް ގެންދަން ވެސް ނިންމައި، އެކަމަށް ހުޅުވާލައިފަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ވާޖިން ގެލެކްޓިކާ އެކު ޖައްވު ތަޖުރިބާކުރަން ދާން ބުކްކޮށްފައިވާ މީހުންގެ އަދަދު މިހާރު ވެސް 600 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީން ކަމަށްވާ ފިލްމީ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ހިމެނެ އެވެ. ވާޖިން ގެލެކްޓިކްގެ ޓިކެޓެއްގެ އަގަކީ ގާތްގަނޑަކަށް 250،000 ޑޮލަރު (3.9 މިލިއަން ޑޮލަރު) އެވެ.

އެމެޒޯންގެ ކުންފުނީގެ ކުރީގެ ސީިއީއޯ އަދި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސް ވެސް މިހާރު ގެންދަވަނީ އޭނާގެ ސްޕޭސް ކުންފުނި ބްލޫ އޮރިޖިންގެ ޖައްވީ ދަތުރަށް ތައްޔާރުވެވައިގަންނަވަމުންވެ. މި މަހުގެ 20 ގައި ބާއްވާ ދަތުރަށް ބޭނުން ކުރަނީ "ނިއު ޝެފަޑް" ކިޔާ ހަ މީހުންގެ ޖާގައިގެ އުޅަނދެކެވެ. އެ ދަތުރުގައި އުމުރުން 82 އަހަރުގެ އަންހެނަކު ވެސް ބައިވެރިވެ އެވެ.