ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީ ކުންފުނިން ނިންމައި އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
19 ޖުލައި 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީ ކުންފުނިން ނިންމައި އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ސީއެމްސީން ކޮށްފައި ވަނީ ސްޓެލްކޯގެ އެހީތެރިކަމާ އެކު އެވެ. ސްޓެލްކޯއާ ހަވާލު ކުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ވަނީ މި މަހު 12 ގައި ނިންމާލައިފަ އެވެ.
"ކޮންމެ ޓަވަރެއް ސަބްސްޓޭޝަނަށް ފައިނަލް ކަނެކްޝަން ދިނުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" އެޗްޑީސީގެ މީޑިއާ ގްރޫޕްގައި ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތް މިއަދު ފެށިއިރު އަންނަ މަހު 19 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމައި، އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓްތަކަށް ބޭނުންވާ ކަރަންޓް މީޓަރު ބޯޑުތައް ފޯރުކޮށްދިނީ ވެސް ސްޓެލްކޯއިންނެވެ. އެތަނުގައި ބަހައްޓާ "ސްމާޓް" މީޓަރުތަކުން ކަރަންޓަށް، ހަރަދުވާ ވަރު ވަގުތުން ބަލައިލިމުގެ އިތުރުން ކަރަންޓު ބޭނުން ކުރާ ވަރާއި އަމިއްލަ އަށް ކަނޑައަޅާ ލިމިޓަށް ވުރެ އިތުރުވާ ނަމަ އެކަން ވެސް ބަލައިލެވޭނެ އެވެ.
ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައި ނިމުނު އިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. މި ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދާފައިވެ އެވެ.
މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން ގުޅާލުމަށް ކުރިއަށް ދާ ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ސްޓެލްކޯ އިން އިއްޔެ ވަނީ ޓެސްޓު ކޮށްފަ އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
"ކަރަންޓު ކެނޑުނު މައްސަލާގައި ފިޔަވަޅު އަޅާނަން"
ވަގުތީ ކޭބަލެއް އަޅައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފި
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި