ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު ހެނދުނު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުން ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު ހެނދުނު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުން ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.
އެ ކުންފުނިން ބުނީ، މައި ކޭބަލަށް ގެއްލުންވީ، ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ. އެހެންވެ، އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ.
ސްޓެލްކޯ އިން ބުނީ، ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް މިހާރު ބެލެވޭތީ، އެ ކޭބަލް ވަކިކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
"މި މަސައްކަތަށް ހޭދަވާނީ 2 ގަޑިއިރު ކަމަށް ބެލެވޭ،" ސްޓެލްކޯ އިން ބުންޏެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ވިއްސަކަށް ހާސް މީހުން ދިރިއުޅެ އެވެ. ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި
ކަރަންޓު ކަނޑާލަން ކަމަށް ފަތުރަނީ ދޮގެއް: ސްޓެލްކޯ