Roadha Mihaaru
ދިރާގު އީދު ސައްލާ މާދަމާރޭ ކްލަބް ހައުސްގައި

ދިރާގު އީދު ސައްލާ މާދަމާރޭ ކްލަބް ހައުސްގައި

19 ޖުލައި 2021

ދިރާގުން އީދު ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި މާދަމާރޭ ކްލަބް ހައުސްގައި "އީދު ސައްލާ" އެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުން އީދު ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި މާދަމާރޭ ކްލަބް ހައުސްގައި "އީދު ސައްލާ" އެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

"އީދު ސައްލާ - ދިވެހިންގެ އީދު" ކުރިއަށް ގެންދާނީ ޕެނަލް ޑިސްކަޝަނެއް ގޮތަށެވެ. މީގެ ބައިވެރިންނަށް މައުލޫމާތު ދޭނީ ދިވެހި ބަހާއި އަދަބިއްޔާތު އަދި ދިވެހި ތާރީހު ދިރާސާކުރާ ރައުފަތު ސާދިގާއި އަޒަމް މައުމޫނެވެ.

ދިރާގު އީދު ސައްލާ އޮންނާނީ މާދަމާ ރޭ 9:00ގަ އެވެ. މި ހަރަކާތުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަށް ދިރާގުން އެދެ އެވެ.

ދިރާގު އީދު ސައްލާއާ ގުޅޭގޮތުން އެ ކުންފުނިން ކުރި ޓްވީޓެއް--

މި ހަރަކާތުގައި ރާއްޖޭގެ ތާރީހާ ގުޅޭ އެކި ކަންކަމާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް clubhouse.com/join/dhiraagu- މެދިވެރިކޮށް ކްލަބްހައުސްއިން ބައިވެރިވެވޭނެ އެވެ.