ފުވައްމުލަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކުއްލި ގޮތަކަށް ކެނޑުނު ނަމަވެސް ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި، އެ ސިޓީގެ ގިނަ ގޭގެ އަށް ކަރަންޓާއި ފެން އަލުން ދޭން ފެނަކަ އިން ފަށައިފި އެވެ.
02 އޯގަސްޓް 2021
ފުވައްމުލަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކުއްލި ގޮތަކަށް ކެނޑުނު ނަމަވެސް ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި، އެ ސިޓީގެ ގިނަ ގޭގެ އަށް ކަރަންޓާއި ފެން އަލުން ދޭން ފެނަކަ އިން ފަށައިފި އެވެ.
ފުވައްމުލަކުން ރޭ ފަތިހު ހަތަރެއް ޖެހިއިރު އެންމެ އަސާސީ ދެ ހިދުމަތް މެދުކެނޑުނީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 2،500 ކިލޯވޮޓުގެ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަ ހައްލުކުރުމަށް ސ. ހިތަދޫން ޓްރާންސްފޯމަރެއް ލޯޑުކުރުމުގެ މަސައްކަތް ފެނަކަ އިން އަންނަނީ ކުރަމުންނެވެ.
މައްސަލަ މުޅިން ހައްލުކޮށް އަލުން ކަރަންޓާއި ފެން ދޭން ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވާނެ ކަމަށް ފެނަކަ ފުވައްމުލަކު ބްރާންޗުން ކުރިން ބުންޏަސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ލަފާކުރައްވަނީ 12 ގަޑިއިރުގެ ތެރޭގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. އެކަމަކު، އޭގެ ކުރިން ވެސް ވަގުތީ ހައްލެއް ހޯދައިދީ، 80 ޕަސެންޓު ގެއަށް ކަރަންޓާއި ފެން މިހާރު ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ހައްލެއް ހޯދައިދީ ކަރަންޓާއި ފެން ފޯރުކޮށްދެމުން މިދަނީ. އައްޑޫން މިހާރު މި ގެންދަނީ 4،500 ކޭއޭވީގެ ޓްރާންސްފޯމަރެއް. އެއީ އެ ސިޓީގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެންދާނެ ވަރެއް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ފުވައްމުލަކުގައި ކަރަންޓުގެ ހިދުމަތް ދެނީ ނާޒުކު ހާލަތެއްގަ އެވެ. އެހެންވެ، ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
"ޓްރާންސްފޯމަރު އޯވަލޯޑުވުމުގެ މައްސަލަ ވަރަށް ދިމާވޭ. އޭގެ އިތުރުން ކަރަންޓު ދޭން މި ބޭނުންކުރަނީ ހިމަ ކޭބަލް. އިންޖީނުގެ ވެސް މި ހުންނަނީ އާއްމުން ދިރިއުޅޭ ސަރަހައްދުގައި. އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް މި މަހުގެ ތެރޭގައި އެ ރަށުގައި މޮބަލައިޒްވާނެ އަދި އީއައިއޭ ވެސް ހަދަމުން އަންނަނީ،" ސައީދު ވިދާޅުވި އެވެ.
ފުވައްމުލަކުގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑު ކުރުމަށް މި އަހަރުގެ ތެރޭގައި 21 ކިލޯމީޓަރުގެ ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.
ފުވައްމުލަކުގައި އާ ޓްރާންސްފޯމަރެއް މިއަދު ބަހައްޓަނީ
ފުވައްމުލަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ފުވައްމުލަކުގެ ފެނަށް މައްސަލަ ދިމާވުމުން ބިލު ނުކުރާނެ
ފުވައްމުލަކުގެ ފެން މިންގަނޑަށް ފެތޭ: އޮތޯރިޓީ
ފުވައްމުލަކުގެ ފެނުގެ މައްސަލާގައި ކައުންސިލުން ކޯޓަށް
ރައްކާތެރިކަމަށް ބުންޏަސް ބައެއް ގޭގެއަށް "ކިލާ" ފެން
ޓެސްޓުގެ ނަތީޖާ ނުލިބޭތީ ފެން ދޫނުކުރަން އެދިއްޖެ
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ފެން މީޓަރުތައް ހުރީ ބަންދުކޮށްފައި"
ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެން ލިބޭނެ: ފެނަކަ