11 އޯގަސްޓް 2021
ބ. ފުޅަދޫގައި މިދިޔަ އީދު ބަންދަށް ފަހު ހިނގި ގެނބުމުގެ ހިތާމަވެރި ހާދިސާގެ އަނެއް ފަރާތުން ވެސް ބައެއް ކަންކަން ހިނގި އެވެ. އެންމެ ބޮޑު އެއް ކަމަކަށްވީ، މި ހާދިސާގައި މަރުވި މީހާ އަށް ކުއްލި ފަރުވާ ދޭނެ ގޮތެއް އެ ރަށުގައި ނެތުމެވެ. ދެވަނަ ކަމަކީ، ރަށްރަށަށް ދާ މެހުމާނުންނަށް ނުވަތަ ގެސްޓް ހައުސްތަކަށް ދާ މީހުންނަށް އެ ރަށުގެ މޫދާއި، ފަޅުގެ އޮއިވަރާއި ފުން ތަންތަނާ ބެހޭ މައުލޫމާތު ދެވިފައި ނެތުމެވެ. އަނެއް ކަމަކީ ގެނބިފައި ތިބި ބަޔަކު ސަލާމަތް ކުރެވޭނެ ހަމަ އެއްވެސް ވަސީލަތެއް ނެތުމެވެ.
ބ. ފުޅަދޫގައި މިދިޔަ އީދު ބަންދަށް ފަހު ހިނގި ގެނބުމުގެ ހިތާމަވެރި ހާދިސާގެ އަނެއް ފަރާތުން ވެސް ބައެއް ކަންކަން ހިނގި އެވެ. އެންމެ ބޮޑު އެއް ކަމަކަށްވީ، މި ހާދިސާގައި މަރުވި މީހާ އަށް ކުއްލި ފަރުވާ ދޭނެ ގޮތެއް އެ ރަށުގައި ނެތުމެވެ. ދެވަނަ ކަމަކީ، ރަށްރަށަށް ދާ މެހުމާނުންނަށް ނުވަތަ ގެސްޓް ހައުސްތަކަށް ދާ މީހުންނަށް އެ ރަށުގެ މޫދާއި، ފަޅުގެ އޮއިވަރާއި ފުން ތަންތަނާ ބެހޭ މައުލޫމާތު ދެވިފައި ނެތުމެވެ. އަނެއް ކަމަކީ ގެނބިފައި ތިބި ބަޔަކު ސަލާމަތް ކުރެވޭނެ ހަމަ އެއްވެސް ވަސީލަތެއް ނެތުމެވެ.
"ގެނބިގެން މަރުވި މީހާ އަށް ފަރުވާ ދެވޭނެ ގޮތެއް ވެސް މި ރަށުގައި ނެތް. އެތައް އިރެއް ފަހުން އަޅުގަނޑު އަމިއްލަ އަށް ޑިންގީއެއްގައި ގޮއިދު އަށް ގޮސް ސަކްޝަން މެޝިނެއް ވެސް ގެންނަން ޖެހުނީ،" މި ހާދިސާގައި ގެނބުނު އިތުރު ދެ މީހަކު ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މީހަކު ކިޔައިދިނެވެ.
އޭނާ ބުނާ ގޮތުން، ގެސްޓް ހައުސްތައް ހިންގާއިރު އެ ގެސްޓް ހައުސްތަކުގައި އެފަދަ ވަސީލަތްތައް ހުރުން އެއީ މަޖުބޫރު ކަމަކަށް މިހާރު ހަދަން ވެއްޖެ އެވެ. މި ހާދިސާގައި، ހަތަރު މީހަކު ގެނބުނު އިރު އެ މީހުން ސަލާމަތް ކުރާނެ ކަނދުގަނޑެއްހާ ހިސާބު ވެސް ކައިރި ހިސާބެއްގައި ނެތް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.
މީހުން ގެނބިގެން މަރުވުމުގެ ހާދިސާތައް ރާއްޖޭގައި ދޭތެރެއަކުން ހިނގާއިރު މި ފަދަ ހާދިސާތަކާ އެކު އާންމުކޮށް އިވެނީ ފަރުވާދޭނެ ރަނގަޅު ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިފައި ނެތް ވާހަކަ އެވެ. އެކަމަކު ރާއްޖޭގެ ގިނަ ރަށްރަށަކީ ގެސްޓްހައުސްގެ ވިޔަފާރި ވެސް ކުރަމުން އަންނަ ރަށްރަށަށް ވެފައި އެ ތަންތަނުގައި ވެސް އަވަސް ފަރުވާދޭން ޖެހޭ ހާލަަތަށް ތައްޔާރުވެފައި އޮންނަނީ މަދު ރަށެއްގަ އެވެ. އާންމުންގެ މީހަކަށް މިފަދަ ކަމެއް ދިމާވިޔަސް، ފަސްޓް އެއިޑް ދަންނަ މީހަކު ނެތުމުން، ހިތާމަވެރި ހާދިސާތަކަށް މަގުފަހިވެ އެވެ.
ޑައިވިން ދާއިރާގައި 40 އަހަރު މަސައްކަތްކޮށްް މިހާރު ރިޓަޔާވެފައިވާ ހުސެއިން ރަޝީދު (ސެންޑީ)ގެ ވާހަކަތަކުން ވެސް އެނގެނީ ރާއްޖޭގައި މިފަދަ ހާދިސާތައް ގިނަވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނަން ޖެހޭ ގޮތަށް ނެތުމުން ކަމެވެ.
ސެންޑީ، "މިހާރު" އަށް ބުނި ގޮތުގައި މޫދުގައި ހިނގާ ހާދިސާތައް މަދުކުރުމަށް ރާއްޖޭގެ ރިސޯޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރެ އެވެ. އެކަމަކު މި ފިޔަވަޅުތައް ރަށްރަށަކު ނެތެވެ. އޭނާ ބުނީ، މޫދަށް އެރޭ މީހުންނަށް ރައްކާތެރިވުމަށް މައުލޫމާތު ދޭން ޖެހުނަސް މޫދަށް އެރުމުގެ ކުރިން އެ މައުލޫމާތު ވެސް ނުލިބޭ ކަމަށެވެ.
މިސާލަކަށް ރަށެއްގައި ނަމަ، މޫދަށް އެރޭ ސަރަހައްދުތަކުގައި ލައިފް ރިންގް ބެހެއްޓުމާއި ސައިން ބޯޑުތައް ގޮނޑުދޮށުގައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސޭންޑީ ބުންޏެވެ. އޭނާ ބުނީ އެ ސަރަހައްދެއްގައި އޮއި ދަމާ ގޮތް ސައިން ބޯޑުތަކުގައި ކިޔައިދީފައި ހުންނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ދުވަހަކު ވެސް އެ ރަށްރަށަށް ނުދާ މީހުން ވެސް ދާނެތީ، އެކަންކަމާ ބެހޭ މައުލޫމާތު މުހިންމުވާނެތީ ކަމަށް އޭނާ ބުންޏެވެ.
"[ބައެއް މީހުން] މިދަނީ ދުވަހަކު ވެސް ނުދާ ރަށަކަށް. މިގޮތަށް ގޮސް އުޅޭ މީހާ އަށް ވެސް ސައިން ބޯޑުތައް ހަރުކޮށްފައި ހުރީމަ އެނގޭނީ އެތަނެއްގެ އޮއި ހުންނާނެ ގޮތެއް ވެސް. އެކަމަކު މިއިން ކަމެއް ވެސް ރަށްރަށުގައި ނުހުންނަނީ." ސެންޑީ ބުންޏެވެ.
ކޮންމެ ރަށެއްގައި ލައިފް ގާޑުން ތިބުމަކީ ކުރެވޭނެ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އަތުޖެހޭ ހިސާބެއްގައި ލައިފް ރިންގް ހުރެއްޖެ ނަމަ، ކަމެއް ދިމާވިޔަސް އެކަމުން ސަލާމަތްވާން ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގައި ލޯކަލް ޓޫރިޒަމް ހިނގަމުން ދާއިރު އަސްލު ރަށްރަށުގެ ގޮނޑުދޮށް ހުންނަން ވާނީ ރިސޯޓުތަކުގައި ހުންނަ ގޮތަށް. ހާދިސާތައް މަދުކުރެވޭނީ އޭރުން."
ރާއްޖޭގެ ވަށައިގެން ކަނޑު އޮންނައިރު ކޮންމެ މީހަކީ ވެސް ފަސްޓް އެއިޑް ހަދާފައި ހުންނަ މީހަކަށް ވުން މުހިންމެވެ. ކުއްލި ހާލަތެއްގައި ޑޮކްޓަރާ ހަމައަށް ނުވަތަ ހޮސްޕިޓަލަކަށް ނުގެންދެވިދާނެ އެވެ. އެކަމަކު ފަސްޓް އެއިޑް ހެދުމުން ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، ދެން އަމަލުކުރާނެ ގޮތް އެނގޭނެ އެވެ. އެފަދަ ހާލަތްތަކުގައި ސީޕީއާރު ދޭން ޖެހެ އެވެ. ވަގުތުން ސީޕީއާރު ދިނުމަކީ ވަރަށް ގިނަ ފަހަރު ފުރާނަ ސަލާމަތްވުމަށް އޮތް ފަސޭހަ ފުރުސަތެކެވެ. އެކަމަކު އެކަން ކުރަން ދަންނަ މީހުން ވެސް ރަށްރަށުގައި ވަަރަށް މަދެވެ.
ހުޅުމާލޭ ސްވިމިން ޓްރެކްގައި ޒުވާނުންތަކެއް މޫދަށް އެރެނީ--
"މޫދު އަޑިއަށް ދިޔައީމަ ގެނބިގެން ނޭވާއެއް ނުލެވޭނެ، އޮކްސިޖަން ނުދާނެ ހަށިގަނޑަކަށް. އެއްގަމުގައި ވެއްޖެއްޔާ ހަތަރު ވަރަކަށް މިނެޓްގައި އޭނާގެ ބްރެއިން ޑެމޭޖް ވާނެ. ސީޕީއާރު ދެވިއްޖިއްޔާ އޭނާ ރިވައިވް ވުމުގެ ޗާންސް އެބަ އޮވޭ،" ސެންޑީ ބުންޏެވެ.
އޭގެ އިތުރުން ހާދިސާތައް މަދުކުރުމަށް ކޮންމެ ރަށެއްގައި މެޕެއް ހަދާފައި ހުރުން ވަރަށް މުހިއްމެވެ. ގިނަ މީހުން މޫދަށް އެރޭއިރު ބޮއި ހުރުމާއި އިމަޖެންސީ ކޮންޓެކްޓާއި އިމަޖެންސީ ޕްލޭން ފެންނަން އޮތުން މުހިއްމު ކަމަށް ސެންޑީ ބުނެ އެވެ.
ޑައިވް ކްލަބް މޯލްޑިވްސް ހިންގަމުން އަންނަ އަބަދުﷲ ހަޝްރަތު (ހައްތު) ވެސް ފާހަގަކުރަނީ ގާތްގަނޑަކަށް މިކަންތަކެވެ.
ލޯކަލް ޓޫރިޒަމް ވެސް ރާއްޖޭގައި ފުޅާވަމުން އަންނައިރު ހަގީގަތުގައި އޮންނަން ޖެހޭ ވަރަށް ރައްކާތެރިކަން ނެތް ކަމަށް ހައްތު ބުނެ އެވެ. އޭނާ ބުނީ، ޓޫރިސްޓުން އައިސް އެ މީހުން އަމިއްލަ އަށް ވެސް މޫދަށް ގޮސް ހަދާ ކަމަށާއި އޭގެ ބަދަލުގައި އެހެން މީހަކާ އެކު ނޫން ގޮތަކަށް މޫދަށް ނޭރެވޭ ގޮތަށް ގަވާއިދުތައް ހަދަން ޖެހޭ ކަމަށެވެ.
"ބޭސިކް ރެސްކިއު ސްކިލް އެނގުން. ބައިވަރު ކޯސްތައް އެބަހުރި ދެތިން ދުވަހުން ހެދޭ ގައިޑްކުރަން ދަސްކުރެވޭ."
ހައްތު ބުނީ ރާއްޖެއަކީ އޮއިވަރު ވަރަށް ބާރު ތަނެއް ކަމަށާއި އެކިފަހަރު އެކި ގޮތްގޮތަށް އޮއި ދެމޭއިރު، އޮއިވަރު އޮންނަ ގޮތް ނޭނގޭ ނަމަ ކިތަންމެ ކުޅަދާނަޔަސް އޮއިވަރުން ސަލާމަތްވާން ވަރަށް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން، ރަށްރަށުގައި މޫދަށް އެރުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމަކީ ހައްލަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ފުވައްމުލަކު ތުނޑީގައި ގިނަ ބަޔަކު މޫދަށް ގޮސް މަޖާކުރަނީ-- ފޮޓޯ: އަބްދުﷲ އާސިފް، ސޯޝަލް މީޑިއާ
"މުުޅި ރަށުގައި ގެސްޓްހައުސް އޮތަސް ހުރިހާ ދިމާލަކުން މޫދަކަށް ނޭރެވޭނެ. އޭނާ ކައިރީ އެބަ ބުނަންޖެހޭ މިތަނަކީއޭ ތިމަންނަމެން ރިކޮމެންޑްކުރާ ތަނަކީ. މިއޭ މި ދިމާލުގެ ޑެޕްތަކީ. މިއޭ މި ދިމާލުގއި އޮއިވަރު މަސައްކަތްކުރާނެ ގޮތަކީ."
އެގޮތަށް ވަކި ސަރަހައްދެއް ކަނޑައެޅުމުން ވެސް އެތަން ނޫން ތަނަކަށް އެރިގެން ހާދިސާއެއް ހިނގައިފި ނަމަ، ރަނގަޅު ތަނެއް ރިކޮމެންޑް ކުރި ވާހަކަ އާއި އެގޮތަށް އެކަން ކުރި ސަބަބު ބުނެވެން އޮންނާނެ ކަމަށް ހައްތު ބުންޏެވެ.
"މޫދަށް އެރޭ ސަރަހައްދުގެ އިންފޮމޭޝަނަކީ ހަމަ މަސްޓެއް. ކޮންމެހެން ހުންނަންޖެހޭ."
މިހާރު ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މޫދަށް އެރުމަށް ވަކި ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދުގައި ލައިފް ގާޑެއް ވެސް ހުރެ އެވެ.
"މޫދަށް އެހާ އެވެޔާ ބައެއް ނޫން މި ޒިޔާރާތް ކުރަނީ. އެކަމަކު އެ މީހުން ބޭނުންވޭ އޭތި އެކްސްޕްލޯ ކުރަން. އެ ރީތިކަން ބަލަން އެބަ ބޭނުންވޭ. އެހެންވިއްޔާ އެ މީހުން ގެންނަ މީހުން އެބަ ޖެހޭ އެކަމަށް ތައްޔާރުވާން."
މޫދާ އެހާ ރައްޓެހި ނޫން މީހުން ވެސް ރާއްޖެ އަށް ޒިޔާރާތްކޮށް، މޫދުގެ ރީތިކަން ބަލަން ބޭނުންވާއިރު ހައްތު ބުނީ އެފަދަ މީހުންނަށް ލައިފް ޖެކެޓް އަޅައިގެން ނޫން ގޮތަކަށް މޫދަށް ނޭރެވޭނެ ގޮތެއް ވެސް ހަދަން ޖެހޭ ކަމަށެވެ. އަދި ކަމެއް ދިމާވިޔަސް އެޓެންޑްވާން އެނގޭ މީހަކު އެ މީހުންނަށް ގައިޑްކޮށްދޭން ހުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ދެކެ އެވެ. އަދި އެ މީހަކީ ފަސްޓްއެއިޑް އެނގޭ، ގެނބިއްޖެ ނަމަ ދެން އަމަލުކުރާނެ ގޮތް ވެސް އެނގޭ މީހަކަށް ވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ނޫން ނަމަ، ކައުންސިލްތަކުން ކޮންމެ ރަށެއްގައި ރަޖިސްޓާޑް އެކްސްކާޝަން ޕޮއިންޓްތަކެއް ހެދުމަށް ގަވާއިދެއް އެކުލަވާލުން މުހިއްމު ކަމަށް ހައްތު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެގޮތަށް ރަޖިސްޓާޑް އެކްސްކާޝަން ޕޮއިންޓް ހުރުމުން ހުއްދަ ނެތި ބޭނުން ތަނަކަށް ގޮސް މޫދަށް ނޭރެވޭނެ އެވެ.
"ރާއްޖެ އަށް އަންނަ މީހާ މި އަންނަނީ މޫދު ބަލަން. މަސްތައް ބަލަން. އެކަހަލަ ކޮންމެވެސް އެކްޓިވިޓީއެއްގަ ބައިވެރިވާން. އެހެންވެއްޖެއްޔާ ހޯމް ސްޓޭގައި ހުންނަ މީހާ އެ ޒިންމާވަނީ. އެހެންވީމަ ވަރަށް މުހިއްމު ކަމެއް އެެއީ ލޯކަލް ކައުންސިލްތަކުން ގަވާއިދެއް ހަދަން ރަށްރަށަށް އެއްވެސް މީހަކަށް ރަށުން އެކްސްކާޝަންއަކަށް ދެވޭނީ ރަޖިސްޓާޑް އެކްސްކާޝަން ޕޮއިންޓްތަކެއް ހެދިގެން އެތަންތަން މެދުވެރިކޮށްކަން."
ޓޫރިސްޓުންގެ ސަލާމަތަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފަށަނީ
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ