Roadha Mihaaru
ކޮވިޑް-19: އެމެރިކާގެ ގިނަ ފްލައިޓްތަކެއް ކެންސަލް

ކޮވިޑް-19: އެމެރިކާގެ ގިނަ ފްލައިޓްތަކެއް ކެންސަލް

11 އޯގަސްޓް 2021

ދުނިޔޭގައި މިހާރުވެސް ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ވަބާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސިނާއަތަކީ، ވައިގެ ދަތުރުފަތުރުގެ ވިޔަފާރި އެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުން އެހެން ގައުމުތަކަށް ވައިގެ މަގުން ކުރާ އެތައް ދަތުރުތަކެއް ކެންސަލްކޮށްފައިވާ އިރު، ކެނެޑާ އާއި ޖަޕާން ފަދަ ގައުމުތައް މަސައްކަތް ކުރަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް މިހާރަށް ވުރެ ވެސް ގަދައަށް ތަންފީޒު ކުރެވޭތޯ އެވެ.

ދުނިޔޭގައި މިހާރުވެސް ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ވަބާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސިނާއަތަކީ، ވައިގެ ދަތުރުފަތުރުގެ ވިޔަފާރި އެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުން އެހެން ގައުމުތަކަށް ވައިގެ މަގުން ކުރާ އެތައް ދަތުރުތަކެއް ކެންސަލްކޮށްފައިވާ އިރު، ކެނެޑާ އާއި ޖަޕާން ފަދަ ގައުމުތައް މަސައްކަތް ކުރަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް މިހާރަށް ވުރެ ވެސް ގަދައަށް ތަންފީޒު ކުރެވޭތޯ އެވެ.

މިއާ ހިލާފަށް އިނގިރޭސި ވިލާތުގެ ސިޔާސަތަކީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކޮންމެ މީހަކަށް، އެ ގައުމަށް އެތެރެވުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، އިނގިރޭސި ވިލާތުގައި އަދިވެސް ދަނީ މައްޗަށެވެ.

އެމެރިކާ ރައްޔިތުންނަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު އަންގާފައިވަނީ، ވޭތުވެ ދިޔަ 28 ދުވަހުގެ ތެރޭގައި، އާބާދީގެ ކޮންމެ 100000 މީހުންގެ ތެރެއިން 500 މީހުންގެ ނިސްބަތުން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހުރި ގައުމުތަކަށް ދަތުރު ނުކުރުމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ އެންމެ ގިނަ ޓޫރިސްޓުން ދަތުރުކުރާ އިނގިރޭސި ވިލާތާއި ސްޕެއިނާއި ދިވެހިރާއްޖެ ހިމެނެ އެވެ.

އެމެރިކާގައި ކޮވިޑްގެ ނުރައްކާތެރިކަން ވަޒަންކުރާ މިންގަނޑުން އެންމެ މަތީ ލެވެލް ހަތަރެކެވެ. އެއީ ކޮވިޑް ފެތުރޭ ނިސްބަތް ވަރަށް މަތި ވުމެވެ. އެ މިންގަނޑުގައި ހުރި އިތުރު މަންޒިލްތަކެއް، އެމެރިކާގެ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ފަރާތުން އިއްޔެ ވަނީ އަލުން އިއުލާން ކޮށްފަ އެވެ.

އެ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ، އެންޑޯރާ، ކެރީބިއަންގައި އޮންނަ ކުއާޑެލޯޕް، ކެރީބިއަން ކަނޑުގެ އިރުމަތީގައި އޮންނަ މާޓިނީކް އާއި ބާތެލެމީ އާއި ސެންޓް މާޓިން، ކުރަޝާއޯ، އައިލް އޮފް މޭން، ޖިބްރޯލްޓާ، ގްރީސް، އީރާން، އަޔަލޭންޑް، ކަޒަކިސްތާން، ލެސޯތޯ، ލީބިޔާ، މޯލްޓާ އަދި އެމެރިކާގެ ވާޖިން އައިލޭންޑް އެވެ.

މި މަންޒިލްތަކަށް ދަތުރު ނުކުރުމަށް ނޯޓިސް ނެރުމުގެ މާނައަކީ، އެ ތަންތަނަށް ދަތުރުކުރުން އާންމު އުސޫލުން މަނާވުމެވެ. އެ އިން މަންޒިލަކަށް ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ނަމަ، އެމީހަކަށް ދަތުރު ކުރެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްގެންނެވެ.

މި ލިސްޓުގައި ހިމެނޭ ގިނަ ތަންތަނަކީ، ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ތަންތަން ކަމަށްވާތީ، މި މަންޒިލްތަކަށް ދަތުރުކުރުން އެމެރިކާ ސަރުކާރުން މަނާކުރުމުން، ވަރަށް ގިނަ އެއާލައިންތަކުގެ ދަތުރުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ދަތުރުތައް ކެންސަލް ކުރި ސަބަބުތަކުގެ ގޮތުގައި އެ އެއާލައިންތަކުން ފާހަގަކުރީ، މޫސުން ގޯސްވުމާއި، މުވައްޒަފުން މަދުވުމާއި، އޮންލައިންކޮށް ދޭންޖެހޭ ހިދުމަތްތަކަށް ބުރޫ އެރުމެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑާ ދެކޮޅަށް އަޅާފައި އޮތް ފިޔަވަޅުތައް، ޖުލައި 19 ގައި އުވައިލުމާއެކު، އެ ގައުމުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި، ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 183000 އާ ގާތްކޮށްފަ އެވެ. އިނގިރޭސި ވިލާތުގެ ޖުމްލަ އާބާދީގެ 58 ޕަސެންޓް މީހުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަ މީހުން، ކަރަންޓީނުވުމަކާ ނުލައި އިނގިރޭސި ވިލާތަށް އެތެރެ ވެވޭނެ އެވެ. ނަމަވެސް އެމެރިކާ އިން ވަނީ، އެގައުމުގެ ރައްޔިތުން ރައްކާތެރި ނޫން ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމަނައިފަ އެވެ.