އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނުތަކެއް މިދިޔަ އަހަރު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރި ކަމަށް އިޒްރޭލުގެ މީހަކު އެމެރިކާގެ ކޯޓެއްގައި މިދިޔަ ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.
އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނުތަކެއް މިދިޔަ އަހަރު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރި ކަމަށް އިޒްރޭލުގެ މީހަކު އެމެރިކާގެ ކޯޓެއްގައި މިދިޔަ ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.
އެއީ އިޒްރޭލުގެ ރައްޔިތެއް ކަމަށްވާ ގާލް ހައިމޮވިޗް، 49 އެވެ. އޭނާއަކީ މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރާ އިންޓަނޭޝަނަލް ކުންފުންޏެއް ހިންގާ މީހެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއާކްރާފްޓުގެ ސާމާނު އެކްސްޕޯޓް ކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް އޮޅުވާލި ކަމަށް އޭނާ ކޯޓުގައި އެއްބަސްވި ކަމަށެވެ. އޭނާ ރަޝިޔާއަށް އެތެރެކުރީ އެމެރިކާގައި އުފައްދާފައިވާ މަތިންދާބޯޓުގެ ބައިތަކާއި މިސައިލް ޓެކްނޮލޮޖީ އެޕްލިކޭޝަންތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނިގޮތުގައި، މާޗު 2022 އިން ފެށިގެން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް އޭނާ ވަނީ 160 ޝިޕްމަންޓުގެ މުދާ ރަޝިއާއަށް އެތެރެކޮށްފަ އެވެ. އަދި ރަޝިއާއަށް އެ މުދާ އެތެރެކުރީ ރާއްޖެ އާއި ޔޫއޭއީގެ ކުންފުނިތައް މެދުވެރިކޮށް، ވައިގެ މަގުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން, އެމެރިކާގައި އުފައްދާ އޭވިއޭޝަންގެ ސާމާނު ރަޝިޔާއަށް ވިއްކުން އެމެރިކާއިން އޮންނަނީ މަނާކޮށްފަ އެވެ.
ރިޕޯޓްތައް ބުނިގޮތުގައި، އޭނާގެ ކްލަޔަންޓުންގެ ތެރޭގައި ރަޝިއާގެ އެއާލައިނެއް ކަމަށްވާ ސައިބީރިއާ އެއާލައިންސް ވެސް ހިމެނެ އެވެ. އެ އެއާލައިން މެދުވެރިކޮށް ރަޝިއާއަށް އެ ސަމާނު އެތެރެ ކުރުމުން އޭނާއަށް ދެ މިލިއަން ޑޮލަރު ލިބުނެވެ.
އޭނާ އެ ހުރިހާ ކަމެއް ކުރީ ފޭކް އެކްސްޕޯޓް ޑޮކިއުމެންޓްތައް ހަދައި އޮޅުވާލައިގެން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ކުށަށް އިއުތިރާފުވެ އޭނާ ވަނީ އެމެރިކާ ސަރުކާރަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް އެސްޕޯޓްކުރި އެއާކްރާފްޓުގެ ބައެއް ސާމާނު އަނބުރާ ހޯދަން ވެސް އޭނާ އެއްބަސްވި އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
އެމެރިކާއިން ބޭނުންވަނީ ޒެލެންސްކީގެ އިސްތިއުފާ؟
ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޔުކްރެއިން ހަނގުރާމަ ހުއްޓާލަން މަޝްވަރާ ފަށަނީ
ޕުޓިން އާއި ޓްރަމްޕު ސައޫދީގައި ބައްދަލުކުރައްވަނީ
ރަޝިޔާއަށް އުތުރު ކޮރެއާގެ 10،000 ސިފައިން
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ