ރާއްޖޭގެ "ކަނޑުގެ ބަގީޗާތައް" ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓެއްގެ ކުރެހުންތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
13 އޯގަސްޓް 2021
ރާއްޖޭގެ "ކަނޑުގެ ބަގީޗާތައް" ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓެއްގެ ކުރެހުންތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ޓީއެމްއޭ އިން ބުނީ އާ ޑިޒައިނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތައް އާލާކުރުމަށް މީހުން ހޭލުންތެރިވާނެ ކަމަށެވެ. ކަނޑުގެ ދިރުންތައް ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓުގެ ޑިޒައިން ރަސްމީކޮށް މިދިޔަ ހަފްތާގައި ވަނީ ލޯންޗުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ބައިވެރިވެވަޑައިގަތެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މައުސޫމު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޓީއެމްއޭގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށާއި އެކުންފުންޏަކީ ދިވެހިންގެ ވެސް ބޮޑު ހިއްސާއެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، އެ ކުންފުންޏަކީ ބޭރުގެ ކުންފުންޏެއް ނަމަވެސް 75 ޕަސެންޓް ޕައިލެޓުންނާއި 90 ޕަސެންޓް އިންޖިނިއަރުންނަކީ ދިވެހިންކަމެވެ.
ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ، އެންމެ ހަތަރު ފަސިންޖަރުންނާ އެކު ފެށި ޓީއެމްއޭއަށް މިލިއަނުން މިހާރު ފަސިންޖަރުން ދަތުރުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭގެ ހިދުމަތްތައް ފުޅާކުރަން އަންނަ ސެޕްޓެމްބަރުގައި އޭޓީއާރް މަތިންދާބޯޓުތައް ގެންނާނެ އެވެ. އެއާ އެކު ޑޮމެސްޓިކް ދަތުރުތައް ފަށާނެ އެވެ.
ޓީއެމްއޭއަކީ ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 56 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ. ސީ ޕްލޭންގެ ގިނަ ދަތުރުތައް ކުރަނީ ރިސޯޓުތަކަށެވެ.
ޓީއެމްއޭ އިން ކަނޑާލި މީހުންނަށް އަލުން ވަޒީފާ ދެނީ
ޓީއެމްއޭ އިން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފަށައިފި
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ޓޫރިސްޓުން އިތުރުވިޔަސް ޓާގެޓް ހާސިލް ނުވެދާނެ
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
"ދަ ވިޗާ"ގެ ޕްރިމިއާގެ ކުރިން ލިއަމް ރާއްޖޭގައި
"ކްރެޑިޓް ރޭޓިން ދަށްވީމަ ބޭރުން ފައިސާ ހޯދަން ދަތި"