Roadha Mihaaru
ބުރުންޏަށް އަނެއްކާވެސް ރާގޮނޑީގެ އީދެއް!

ބުރުންޏަށް އަނެއްކާވެސް ރާގޮނޑީގެ އީދެއް!

18 އޯގަސްޓް 2021

އިއްޔެ ތ. ބުރުންޏަށް އައީ ރާގޮނޑީގެ ބޮޑު އީދެކެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް ނެތި، ބުރުނީގެ ހުރިހާ ރައްޔިތުން ހޭބޯނާރައި އުޅުނީ، އެ ރަށުގެ ހުޅަނގު ފަރާތު ފަޅުތެރެއަށް ވަދެފައި އޮތް ރާގޮނޑި އައިން ހިފުމުގަ އެވެ. މެންދުރުފަހުން ފެށިގެން ކުރި މަސައްކަތުން އިރުއޮއްސުނުއިރު 6،000 އަށް ވުރެ ގިނަ ރާގޮނޑި ހިފި އެވެ؛ "ރާގޮނޑި ހިފުމަކީ" އެ ރަށު މީހުން އަލަށް ކޮށްގެން އުޅޭ ކަމެއް ނޫނެވެ. މިކަމުގެ އަސްލު ގުޅިފައި އޮތީ، އެމީހުންގެ ކާބަފައިންނާ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. ބުރުނީ ފަޅަން ވަން ރާގޮނޑި އައިނުން ހިފުނު އެތައް ހާސް ރާގޮނޑިއެއް އެއްގަމަށް އަރުވާފައި. .-- ފޮޓޯ: ޝިފޫ އެމްވީ

ތ. ބުރުނީ ފަޅަން ވަން ރާގޮނޑި އައިނުން ހިފުނު އެތައް ހާސް ރާގޮނޑިއެއް އެއްގަމަށް އަރުވާފައި. .-- ފޮޓޯ: ޝިފޫ އެމްވީ

ހުޅަނގު މޫސުމާ ދިމާކޮށް، އާންމުކޮށް އެ ރަށުގެ ހުޅަނގުފަރާތު ފަޅުތެރެ އަށް ރާގޮނޑި ވަދެ އެވެ. އެކަމަކު މިފަހަރު ފަޅުތެރެ އަށް ރާގޮނޑި ވަނީ ހަތަރު އަހަރު ފަހުންނެވެ.

"މިއީ ﷲގެ ރަހުމަތުން ބުރުނީ ރައްޔިތުންނަށް އަބަދު ވެސް ލިބެމުން އަންނަ ރިޒުގެއް. ރާގޮނޑި ހިފުމަކީ އަހަރެމެން ކާންބަފައިން ޒަމާނުއްސުރެ ހުރިހާ ރައްޔިތުން ގުޅިގެން ކުރަމުން އައި ކަމެއް،" އިއްޔެ ބުރުނީގައި ރާގޮނޑި ހިފުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ކަމަށްވާ ހަސަން ޒަރީޒް ކިޔައިދިނެވެ.

ބުރުނީ މީހުން ރާގޮނޑި ހިފަން މޫދަށް އެރިގެން. .-- ފޮޓޯ: ޝިފޫ އެމްވީ

ބުރުނީ މީހުން ރާގޮނޑި ހިފަން މޫދަށް އެރިގެން. .-- ފޮޓޯ: ޝިފޫ އެމްވީ

ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެގެން މިކަން ކުރާ ގޮތަކީ، އެއް ބަޔަކު މަސް އައިން ކައިރީގައި މޫދުގައި ދާ އެޅުމުން، އަނެއް ބަޔަކު ދަލަށް މަސްތައް ވައްދަން މަސް އައިން އެ ދިމާލަށް ފައްސަނީ އެވެ. އިއްޔެ އެ ރަށުގައި ދާ އެޅީ ރަށުގެ އަންހެނުންނެވެ. ފިރިހެނުން މަސްތައް ފަހައިގެން ދަލަށް ވެއްދި އެވެ.

ތ. ބުރުނީގައި ރާގޮނޑި ހިފަން ދާ އަޅަނީ.-- ފޮޓޯ: ޝިފޫ އެމްވީ

ތ. ބުރުނީގައި ރާގޮނޑި ހިފަން ދާ އަޅަނީ.-- ފޮޓޯ: ޝިފޫ އެމްވީ

މި ހުރިހާ ރާގޮނޑިއެއް ބެހީ ރަށުގެ ކުދިބޮޑު އެންމެން ހިމެނޭ ގޮތަށް ކޮންމެ ބޮލަކަށް މަހެއްގެ މަގުންނެވެ.

"އެއީ އެންމެ ކުރިންސުރެ ވެސް މި ރަށުގައި އެކަން ކުރަމުން އަންނަ ގޮތް. ރަށުގެ ކޮންމެ ބޮލަކަށް މަހެއް ބަހައިފައި، ބާކީ ހުރެއްޖެއްޔާ މަސް ހިފުމުގައި އުޅުނު މީހުންނަށް ގިނައިން ދެނީ،" ބުރުނީ ކައުންސިލްގެ ރައީސް ކަން ވެސް ކުރިން ކުރެއްވި ޒަރީޒް ބުންޏެވެ.

ބުރުނީ މީހަކު ރާގޮނޑިއަކާ އެކު ފޮޓޯއަކަށް ހުއްޓިގެން. .-- ފޮޓޯ: ޝިފޫ އެމްވީ

ބުރުނީ މީހަކު ރާގޮނޑިއަކާ އެކު ފޮޓޯއަކަށް ހުއްޓިގެން. .-- ފޮޓޯ: ޝިފޫ އެމްވީ

ޒަރީރު ބުނީ އެންމެ ކުރިން ރާގޮނޑި ހިފަން ތައްޔާރުވުމުގެ ގޮތުން، މޫދަށް ފޭބުމުގެ ކުރިން ރަށުގެ އެންމެން މެންދުރު ނަމާދުކޮށްގެން، ފޮނި އެއްޗެއް ކައެވެ. އަދި ރާގޮނޑި ހިފާ ނިމުމުން، އެ މަހުން ކާ އެއްޗެހި ތައްޔާރު ކުރުމަށް ފަހު، ކެއުމުގެ ކުރިން ސަލަވާތް ފާތިހާ ވެސް ކިޔަވައި އުޅުނު ކަމަށް އޭނާ ބުންޏެވެ.

ބުރުނީ ކުއްޖަކު އިއްޔެ ރާގޮނޑިއެއް ހިފައިގެން. .-- ފޮޓޯ: ޝިފޫ އެމްވީ

ބުރުނީ ކުއްޖަކު އިއްޔެ ރާގޮނޑިއެއް ހިފައިގެން. .-- ފޮޓޯ: ޝިފޫ އެމްވީ

"އަޅުގަނޑުމެން ބޭނުންވީ ކާބަފައިން އެތައް ޒަމާނެއް ކުރިން ކުރަމުން އަންނަ މިކަން ދެން ވެސް އާލާކުރަން. އަދި މިކަން ކުރީ ވެސް ރަށުގެ ހުރިހާ ރައްޔިތުން އެއްބަސް ކިޔައިގެން، ބޭނުންވެގެން،" ޒަރީރު ބުންޏެވެ.

މީގެ ކުރިން އެ ރަށުގެ މީހުން އެއް ދުވަހުން 10،000 އަށް ވުރެ ގިނަ ރާގޮނޑި ވެސް ހިފާފައިވެ އެވެ.

ވަކި މޫސުންތަކާ ދިމާކޮށް، ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުތެރެ އަށް ތަފާތު ވައްތަރުތަކުގެ މަސްތައް ވަދެ ފުރާލަ އެވެ. މިގޮތަށް ރައްޔިތުން އެއްވެ، ރަށްރަށުގެ ފަޅުތެރެއިން އެންމެ ގިނައިން ބާނައި ނުވަތަ ހިފައި އުޅެނީ މުށި މަހެވެ.