މިދިޔަ ޖެނުއަރީ މަހު މަސް އެކްސްޕޯޓު ކުރި ވަރު 50 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
04 މާޗް 2024
މިދިޔަ ޖެނުއަރީ މަހު މަސް އެކްސްޕޯޓު ކުރި ވަރު 50 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ޖެނުއަރީގައި އެކްސްޕޯޓު ކުރީ 4،500 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8،500 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު އެހާ ބޮޑަށް އެކްސްޕޯޓް ކުރި ވަރު ދަށްވީ، ކަޅުބިލަ މަސް އެކްސްޕޯޓް ކުރި ވަރު ދަށްވުމުންނެވެ. ޖެނުއަރީ މަހު ވަނީ 2،200 މެޓްރިކް ޓަނުގެ ކަޅު ބިލަ މަސް އެކްސްޕޯޓުކޮށްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 49 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 6،100 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ފިނިކުރި އަދި ގަނޑުކުރި މަސް އެކްސްޕޯޓުކުރި ވަރު ދަށްވި ނަމަވެސް، ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓު ކުރި އަދަދު ވެސް ވަނީ 55 ޕަސެންޓް ދަށްވެފަ އެވެ.
މިދިޔަ އަހަރު 78،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފަ އެވެ. އެކްސްޕޯޓު އެހާ ބޮޑަށް ދަށްވެފައިވާ އިރު، މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން ވަނީ މަސް ފެކްޓަރީ ބަންދުކޮށް، މަސް ގަތުން ހުއްޓާލައިފަ އެވެ. އެންސިސް އިން މަހުގެ ވިޔަފާރި ދޫކޮށްލީ، ސަރުކާރުން މަސް ކިލޯއެއް ވިއްކާ އަގު 25ރ. އަށް ބޮޑުކުރުމުން، އެ އަގުގައި އެ ވިޔަފާރި ކުރެވެން ނެތުމުންނެވެ.
ދަޅުމަހުގެ އެކްސްޕޯޓު 57 ޕަސެންޓު ދަށަށް
މަހުގެ އެކްސްޕޯޓުން ލިބުނު އާމްދަނީ 60 ޕަސެންޓް ދަށް
ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ ދަށްއަގު ކަނޑައަޅައިފި
ޖުމްލަ އެކްސްޕޯޓަށް 21 މިލިއަން ޑޮލަރު އިތުރުވެއްޖެ
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
ލޭނު އެޅުމުން ގެއްލުންވާނެ: ނަޝީދު
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މިފްކޯގެ ޒަމާންވީ ލޯގޯ ބަދަލުކޮށްފި