ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ކުރާ ހަ ދައުވާއާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ހަވާލުކޮށްފައިވާ ލިޔުންތައް ސާފުނުވުމުން މައްސަލަ މިއަދު ކުރިއަށް ނުގެންދަން ކޯޓުން ނިންމައިިފި އެވެ.
18 އޯގަސްޓް 2021
ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ކުރާ ހަ ދައުވާއާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ހަވާލުކޮށްފައިވާ ލިޔުންތައް ސާފުނުވުމުން މައްސަލަ މިއަދު ކުރިއަށް ނުގެންދަން ކޯޓުން ނިންމައިިފި އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެކެވެ. އެ ދައުވާތައް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ. އޭނާ ކުށް ކޮށްގެން ހޯދިކަމަށް ބުނާ މުދާ ދައުލަތަށް ނަގަން އެ މައްސަލާގައި އެދިފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް މިއަދު ކުރިއަށް ގެންދަން ތާވަލްކުރި އަޑުއެހުމުގައި ހަމަޖައްސާފައި އޮތީ ދައުލަތުން ދައުވާތައް ހުށަހަޅާށެވެ. އަޑުއެހުން ފެށުމުން ނިހާންގެ ވަކީލު ހުސްނީ މުބާރިކް ވަނީ ދައުލަތުން ދީފައިވާ ލިޔުންތައް ސާފު ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ސާފު ލިޔުންތައް ބޭނުންވާ ކަމަށެވެ. މިއީ މީގެ ކުރިން ވެސް ނިހާންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުމެކެވެ.
ތިން ދުވަހުގެ ތެރޭގައި ލިޔުންތަކުގެ ހާޑް ކޮޕީ ނިހާނަށް ދޭން ގާޒީ އަލީ އާދަމް އެންގެވި އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ހަވާލު ކުރައްވާނެ ކަމަށެވެ.
ދެ ފަރާތުން ވެސް އެއްބަސްވުމުން ގާޒީ މިއަދު ނިންމެވީ މީގެ ފަހުން ނިހާންގެ މައްސަލައިގެ އަޑުއެހުންތައް އޮންލައިންކޮށް ނުބާއްވައި ސީދާ ކޯޓަށް އެންމެން ހާޒިރުވާ ގޮތަށް ބާއްވާށެވެ.
ނިހާންގެ ލިޔުންތައް ސާފު ނުވުމުން މިއަދު އަޑުއެހުން ކުރިއަށް ނުގެންގޮސް އެހާ ހިސާބުން ނިންމާލީ އެވެ.
މިއަދުގެ އަޑުއެހުން އޮންލައިންކޮށް ބޭއްވިޔަސް ނިހާން އިންނެވީ ކޯޓަށް ހާޒިރުވެ އެވެ.
ލިޔުންތަކުގެ ސޮފްޓް ކޮޕީ ދޭން ފެށީ ކޮވިޑްގެ ސަބަބުން ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން ފެށުމުންނެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަކަން ގާޒީ މިއަދު ފާހަގަކުރެއްވި އެވެ.
ނިހާނަށް ދައުވާ ކުރީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިފުމާއި އަދީބު ދެއްވި ރިޝްވަތުގެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
ނިހާނަށް އެމްއެމްޕީއާރްސީގެ 150،000 ޑޮލަރު ލިބިފައިވާ ކަމަށާއި، އެ ފައިސާ އެހެން ފައިސާތަކާ އެއްކުރުމަށް ފަހު އޭނާ ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއް ބައްލަވައިގެންނެވި ކަމަށް ދައުލަތުން ބުނެ އެވެ.
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
އާރަށް މައްސަލައިގެ ހުކުމް ނޮވެމްބަރު މަހު އިއްވަނީ
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ނިހާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް