Roadha Mihaaru
އިރާނު ޑްރަގް ބޯޓު މައްސަލަ: އެންމެން ސަލާމަތް ވެއްޖެ

އިރާނު ޑްރަގް ބޯޓު ހިފެހެއްޓި ގޮތް ގޯސްވެ، އެންމެން ސަލާމަތްވެއްޖެ

24 އޯގަސްޓް 2021

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޑްރަގާއެކު ހިފެހެއްޓި, އިރާނަށް ނިސްބަތްވާ މީހުންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޑްރަގާއެކު ހިފެހެއްޓި, އިރާނަށް ނިސްބަތްވާ މީހުންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މެއި، 2019ގައި ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ފުލުހުންގެ އެދުމުގެ މަތިން ސިފައިން 51 ކިލޯގެ ޑްރަގާއެކު، އިރާނަށް ނިސްބަތްވާ ކަމަށް ބުނާ ބޯޓެއް ހިފަހައްޓައި، އެ މައްސަލައިގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ކުރީ އެ ގައުމަށް ނިސްބަތްވާ، އަބްދުﷲ، ރަހުމަތުﷲ، ހާލިދު ބެލޫދީ، ހަބީބު އަދި ސައީދު މޮހާނީގެ މައްޗަށެވެ. އަބްދުﷲ، ރަހުމަތުﷲ އަދި ހާލިދު ބެލޫދީގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރި އިރު ހަބީބްގެ މައްޗަށް ވަނީ ޖަދުވަލު އެެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފަ އެވެ.

އެ މައްސަލައިގައި އެ މީހުންގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އެ މީހުން ހައްޔަރު ކުރީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުން ބޭރުން ކަމަށެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމުން ވެސް އެ ސަރަހައްދެއްގެ ބޭރަށް ޖިނާއީ ގާނޫނީ ނުހިނގާނެ ކަމަށް ދިފާއީ ވަކީލު ބުނެފައިވެ އެވެ.

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުލަތުން ބުނެފައި ވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގައި ކަނޑުމަގުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ބާރު އަޅާ ކަމަށާއި، އެއީ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގައި ވިޔަސް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މިފަދަ ކަމެއް ކުރާއިރު ނުހުއްޓުވޭނެ ކަމަށް ދެކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ނިންމެވުމުގައި ފާހަގަ ކުރެއްވީ އެ ކޮންވެންޝަންގައި އޮތީ "ހައި ސީސް"ގައި އެކަން ކުރެވޭނެ ވާހަކަ ކަމާއި ހާއްސަ އިގްތިސާދީ ސަރަހައްދުގެ ވާހަކަ ނޫން ކަމެވެ.

ގާޒީ ފާއިޒުގެ ނިންމެވުމުގައިި ވަނީ، މި މައްސަލައިގައި ބަލަންވީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް އިލިސިޓް ޓްރެފިކިން އޮފް ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސެސް"އިން ކަމަށެވެ. އެ ކޮންވެންޝަންގައިވާ ގޮތުން ދަތުރު ކުރަމުންދާ އުޅަނދެއްގައި މަސްތުވާތަކެތި ހުރި ކަމަށް ގަބޫލުކުރެވިއްޖެ ނަމަ އެ އުޅަނދެއް ނިސްބަތްވާ ގައުމަށް އަންގަން ޖެހެ އެވެ. އަދި އެ އުޅަނދަކަށް ފިޔަވަޅު އެޅުމުގެ ކުރިން އެ އުޅަނދު ނިސްބަތްވާ ގައުމުގެ ހުއްދަ ހޯދަން ޖެހެ އެވެ.

ރާއްޖެ އާއި އިރާނުން ވެސް އެ ކޮންވެންޝަންގައި ބައިވެރިވެފައިވާ އިރު، ބޯޓުގައި ތިބި މީހުން ހައްޔަރު ކުރުމުގެ ކުރިން އިރާނުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފައެއް ނުވެ އެވެ.

ބޯޓުގައި އެއްވެސް ދިދައެއް އެވަގުތު ނަގާފައި ވެސް ނެތް އިރު ގާނޫނީ ލިޔުމެއް ވެސް ނެތެވެ. ނަމަވެސް، ދައުލަތުގެ ދައުވާގައި އަދި މައްސަލައިގެ އެހެން ލިޔުންތަކުގައި ވެސް ބަޔާންކޮށްފައި އޮތީ ބޯޓަކީ އިރާނުގެ ބޯޓެއް ކަމަށެވެ.

ދައުލަތުން ބުނި ގޮތުގައި އެއީ އިރާނުގެ ބޯޓެއް ކަމަށް ބެލުނީ، އެ ބޯޓަކީ އިރާނުގެ "ނާސިރީ" ކިޔާ ބޯޓެއް ކަމަށް އެ ބޯޓުގެ ފަޅުވެރިއަކު އަނގަ ބަހުން ބުނި ބުނުމަށް ބިނާކޮށެވެ. އިރާނުގެ ބޯޓެއް ނޫންކަން ދައުލަތަށް އެނގުނީ ތަހުގީގު ނިމި ދައުވާ ވެސް ކުރި ފަހުންކަން ކޯޓުގެ ނިންމުމުގައި ވެސް ފާހަގަ ކުރި އެވެ.

ބޯޓަކީ އިރާނުގެ ބޯޓެއް ކަމަށް ދައުވާގައި ބުނާ ބައި އުނިކޮށް، ދައުވާ ބަދަލުކުރުމަށް، ދައުލަތުން ޝަރީއަތުގައި ފަހުން އެދުނެވެ. ނަމަވެސް، އެ ފުރުސަތު ގާޒީ ފާއިޒު ނުދެއްވި އެވެ.

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ބޯޓަކީ އިރާނުގެ ބޯޓެއް ކަމަށް ބުނާނެ ހެއްކެއް ނެތްކަން އެނގުނީ ދިފާއުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ޝަރީއަތުން އެ ސުވާލު އުފެއްދުމުން ކަމަށާއި އެއީ ދައުލަތަށް އަމިއްލައަށް ފާހަގަވި މައްސަލައެއް ނޫންކަން ނިންމުމުގައި ފާހަގަ ކުރި އެވެ. އަދި ދައުލަތުން ކުރާ ދައުވާތަކުގައިވާ ކުށް އެކަށީގެންވާ ވަރަށް ތަހުގީގު ކުރެވިފައި އޮންނަންވާނެ ކަމާއި، ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއްކަން ފާހަގަ ކުރި އެވެ.

"އެކަށީގެންވާ މިންވަރަށް ތަހުގީގު މަރުހަލާގައި ނުވަތަ ދައުވާ ކުރުމުގެ މަރުހަލާގައި އެކަންކަމަށް ބެލުނު ނަމަ ދައުވާއިން ބައެއް އުނިކުރުމަށް އެދޭކަށް ނުޖެހުނީހެވެ." ކޯޓުގެ ނިންމުމުގައިވެ އެވެ.

އޭގެ އިތުރުން އެ ބޯޓަކީ "ސްޓޭޓްލެސް" ނުވަތަ ދައުލަތަކަށް ނިސްބަތް ނުވާ ބޯޓެއް ކަމަށް ބަލާނަމަ ދައުވާ ފޯމުގައިވާ ކަންކަމާއި، ދައުވާ ފޯމުގައިވާ ކަންކަމާ ތައާރަޒުވެ ދެކޮޅު ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ދިފާއުގެ ހުށަހެޅުމާ ގުޅިގެން ގޮތެއް ނިންމުމުގައި މިއީ ސްޓޭޓްލެސް ޝިޕެއް ކަމަށް ބަލާނަމަ ދައުވާ ހުށަހަޅާ ފޯމުގައި ހުރި ކަންކަމާ ދިމައެއް ނުވެ އެވެ. ދައުވާ ފޯމުގައި އިރާނުގެ ބޯޓެއް ކަމަށް ބަޔާންކޮށް، އެކަން ސާބިތު ކުރުމަށް ހެކި ގަރީނާ ހުށަހެޅުމަށްފަހު އެއީ ސްޓޭޓްލެސް ޝިޕެއް ކަމަށް ބުނުމަކީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫނެވެ."

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓުގެ އެތެރޭގައި ޑްރަގް ފޮރުވާފައި ހުރި ގޮތް ފުލުހުން ކިޔައިދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓުގެ އެތެރޭގައި ޑްރަގް ފޮރުވާފައި ހުރި ގޮތް ފުލުހުން ކިޔައިދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުވާ ބަދަލު ނުކޮށް، އެ ބޯޓަކީ ދައުވާގައިވާ ގޮތަށް އިރާނުގެ ބޯޓެއް ކަމަށް ބަލައިގެން ޝަރީއަތުން ނިންމީ އިރާނުގެ ބޯޓެއް ރާއްޖޭގެ ސަރަހައްދުން ހިފަހެއްޓުމުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ސިފައިން އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، ޝަރީއަތުގެ ކުރިން މައްސަލަ ބޭރުކޮށްލަން ގާޒީ ފާއިޒު ނިންމެވި އެވެ.

ދައުވާ ލިބޭ މީހުން އެ މީހުންނަކީ އިރާނު މީހުން ކަމަށް ބުނުމުން އެކަމުގެ ހަގީގަތް ބަލަން އިރާނުގެ ފުލުހުންނާ މުއާމަލާތު ކުރިޔަސް، ބޯޓަކީ އިރާނުގެ ބޯޓެއްކަން ބަލަން އެ ގައުމުގެ ފުލުހުންނާ މުއާމަލާތުކޮށްފައިވާކަން އެނގެން ނެތް ކަމަށް ނިންމުމުގައިވެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައ ބޯޓުގައި މަސްތުވާތަކެތި ފޮރިވާފައި ހުރީ ފަލުކާ ތެރޭގައި އިތުރު ފައިބަރު ލޭޔަރެއް އަޅައިގެންވެ. ފުލުހުން އެ ބޯޓު ގުޅީފަޅަށް ގެންގޮސް، މީޑިއާތަކަށް ވެސް އެ ބޯޓު ދައްކައި އޭގައި ޑްރަގް ފޮރުވި ގޮތް ކިޔައިދިނެވެ.