ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.
26 އޯގަސްޓް 2021
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ކޮންމެ ސަރަހައްދެއްގެ ރައްޔިތުންނާ ވަކިން ބައްދަލުކޮށް ތަރައްގީގެ ޕްލޭނާއި މާލޭގެ ލޭންޑު ޔޫސް ޕްލޭން ހެދުމުގައި ހިޔާލު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސިލްސިލާގެ އެންމެ ފަހު ބައްދަލުވުން އޮންނާނީ ކާނިވަލުގައި މިރޭ 8:15 ގަ އެވެ.
މުއިއްޒު ވިދާޅުވީ އެ ބައްދަލުވުން ހާއްސަކޮށްފައި ވަނީ ގެދޮރުވެރިކުރުމުގެ ކަންކަމަށެވެ. އެ ބައްދަލުވުމުގައި ރައްޔިތުން ހުށަހަޅާ ކަންކަން ހައްލުކޮށް ނަތީޖާ ނެރެދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ރައްޔިތުންނާ ބައްދަލުކުރަން މީގެ ކުރިން ބޭއްވި ބައްދަލުވުންތަކަށްފަހު މުއިއްޒު ވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރާ ކަމަކީ ކުންފުނިތައް މެދުވެރިކޮށް ޖެއްސުންކުރުން ކަމަށް އޭނާ ވިދާޅުވެ އެވެ.
"ސަރުކާރުގެ ކިބައިން މި ފެނިގެންދަނީ ޖުމްލަ ގޮތެއްގައި އެއްބާރުލުން ކައުންސިލަށް ނުދޭތަން. ކައުންސިލަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަގޮތެއްގައި ޖެއްސުންކުރާތަން. ވަރަށް ހިތާމަކުރަން،" މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.
ރެޑްވޭވަށް ބިމެއް ދިނީ އުސޫލުގެ ތެރެއިން:ސިޓީކައުންސިލް
ސިޓީ ކައުންސިލުން އަމަލުކުރާގޮތުން ނަހުލާގެ ކަންބޮޑުވުން
ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރި ނުވި
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!
މާލޭ ސިޓީ ކައުންސިލް ބާކީވެ ހަތަރުއަނގޮޅިއަކަށް!
ޝަކުވާ އުފުލުމާއެކު މެމްބަރުންގެކޮމިޓީ ބަދަލުކޮށްފި
މާލޭ ސިޓީގެ ކައުންސިލްގެ ދަތިތައް އެލްޖީއޭއިން ބަލައިފި
ގާނޫނު ތަންފީޒުކުރަން އެހީ ނުދޭތީ ލަދުގަނޭ: ޒަމީރު
ގުޅިފަޅުގެ ޕްލޭން ބަދަލުނުކުރާނަމަ ކައުންސިލުން ކޯޓަށް
ރައީސާއެކު އޮތީ އުންމީދީ ބައްދަލުވުމެއް: މުއިއްޒު