Roadha Mihaaru
ނޫ އަލިން ރައްކާތެރިކޮށްދޭ ލެންސް އައިކެއާ އިން

އައިކެއާގެ ބްލޫލައިޓް ލެންސް: ނުރައްކާތެރި ނޫ އަލިން ލިބޭ ގެއްލުމުން ދުރުކޮށްދޭނެ

26 އޯގަސްޓް 2021

ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔަވަރަކަށް އިންސާނުން ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު ވަނީ ވަރަށް ބޮޑަތަން އިތުރުވެފަ އެވެ. މަސައްކަތުގެ މާހައުލުގަ އާއި ގޭގައި އުޅޭ ވަގުތު އަދި ބޭރުގައި އުޅޭ ވަގުތު ވެސް ފޯނާއި ލެޕްޓޮޕާއި ޓީވީ ނުވަތަ ޓެބްލެޓް ފަދަ ތަކެތި ބޭނުން ނުކުރާ މީހަކު ނެތެވެ. މިގޮތަށް ގިނަ ވަގުތު ސްކްރީން ދޮށުގައި ތިބެން ޖެހޭއިރު، ލޮލަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ ހާއްސަ ލެންސެއް މިހާރު އައިކެއާ އިން ވަނީ ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.

އައިކެއާއިން ނެރުނު "ބްލޫލައިޓް" ލެންސަކީ ހާއްސަކޮށް ނޫ އަލިން ލިބޭ ގެއްލުމުން އިންސާނާގެ ލޯ ރައްކާތެރިކޮށްދޭ ލެންސެކެވެ. ނޫ އައްޔަކީ ދުވާލު ގަޑީގައި ފެންނަ ގަދަ އައްޔެކެވެ. މިއީ އަލީގެ ބާވަތްތަކުގެ ތެރެއިން އިންސާނާގެ ލޮލަށް އެންމެ ފަސޭހައި ފެންނަ އައްޔެވެ. މި އަލީގެ ސަބަބުން ދުވާލު އިންސާނާ "އެކްޓިވް"ކޮށްދެ އެވެ. ނަމަވެސް މިހާރު ސްކްރީންތަކުގެ ސަބަބުން 24 ގަޑިއިރު މި އަލި ފެންނަން ހުރެ އެވެ.

ނޫ އަލި ހުންނަ ތަކެތި މާ ގިނައިން ބޭނުން ކުރުމުގެ ސަބަބުން ލޮލަށް ގެއްލުންވާ ކަމުގެ ވާހަކަތައް ލޮލުގެ ޑޮކްޓަރުން އަބަދު ވެސް ދައްކަ އެވެ. އެގޮތުން، މި އަލީގެ ސަބަބުން އިންސާނާ ވަރުބަލި ކުރުވައި ލޮލުން ސިކުނޑިއަށް މަންޒަރުތައް ފޮނުވަން ބޭނުންވާ ކެމިކަލްތައް އުފެއްދުން މަދުކުރާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި ނިދުމުގައި ވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށް ބުނެ އެވެ.

އައިކެއާގެ ބްލޫލައިޓް ލެންސް އައިނު: މި ލެންސުގައި ހުންނަ ކޯޓިންއެއްގެ ސަބަބުން ނޫ އަލި ލެންސުގައި ޖެހުމުން ރިފްލެކްޓުކޮށްދޭ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އައިކެއާގެ ބްލޫލައިޓް ލެންސް އައިނު: މި ލެންސުގައި ހުންނަ ކޯޓިންއެއްގެ ސަބަބުން ނޫ އަލި ލެންސުގައި ޖެހުމުން ރިފްލެކްޓުކޮށްދޭ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ބައެއް ހާލަތްތަކުގައި ސްކްރީން ކައިރީގައި ގިނަ ވަގުތު ހޭދަކުރުން އޮންނަނީ މަޖުބޫރުވެފަ އެވެ. މިގޮތަށް ސްކްރީން ދޮށުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަށް މި ނުރައްކާތެރި އަލިން ރައްކާތެރިކޮށްދޭން އެންމެ ރަނގަޅު ހައްލަކީ ބްލޫލައިޓް ލެންސެވެ. މި ލެންސުގައި ހުންނަ ކޯޓިންއެއްގެ ސަބަބުން ނޫ އަލި ލެންސުގައި ޖެހުމުން ރިފްލެކްޓުކޮށްދެ އެވެ.

ބްލޫލައިޓް ލެންސު ހުންނަ އައިނަކީ ފެނުމުގައި މައްސަލަ ހުންނަ މީހުންނަށް އެކަނި ހާއްސަ އައިނެއް ނޫނެވެ. ލޮލުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް ސްކްރީން ކައިރީގައި އުޅޭއިރު މިފަދަ އައިނެއް ބޭނުން ކުރުމުން ލޮލަށް ފަސޭހަވާނެ އެވެ. އެހެންކަމުން މި އައިނު ހެއްދުމަށް ޑޮކްޓަރުގެ ކޮންސަލްޓޭޝަނެއް ވެސް ބޭނުން ނުވާނެ އެވެ.

ހުރިހާ އުމުރުފުރާއަކާ ގުޅޭ މި އައިނުތަކަކީ ދެ ޖިންސުގެ މީހުންނާ ވެސް ގުޅޭ ޑިޒައިނުތަކަށް ތައްޔާރު ކޮށްފައިވާ އައިނުތަކެކެވެ. ބްލޫލައިޓް ލެންސުގެ އައިނުތައް އައިކެއާއިން މިހާރު ލިބެން ހުންނާނެ އެވެ. އަދި އޮންލައިންކޮށް މި އައިނުތައް ބަލަން ބޭނުންވާނަމަ އެ ކުންފުނީގެ ޕޭޖު https://eyecare.mv/?s=Blue+light މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

ބްލޫލައިޓް ލެންސް އައިނު: މިއީ ދެ ޖިންސުގެ މީހުންނާ ވެސް ގުޅޭ އައިނެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ބްލޫލައިޓް ލެންސް އައިނު: މިއީ ދެ ޖިންސުގެ މީހުންނާ ވެސް ގުޅޭ އައިނެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އައިކެއާގެ ޕޭޖުން މިވަގުތު ބައެއް ޑިޒައިންތަށް ފެންނަން ހުރި ނަމަވެސް، އެއަށްވުރެ ގިނަ ރޭންޖުތަކެއްގެ އައިނު ފިހާރައިން ބަލައިލެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައިކެއާ އަކީ ލޮލާ ގުޅޭ ގިނަ ކަންކަމުގައި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އައިނުތަކަކީ ގިނަ ދުވަހު ބޭނުން ކުރެވޭ، އަޅައިގެން އުޅެން އެހާމެ ފަސޭހަ އައިނުތަކެކެވެ. ތަފާތު އެކި ޑިޒައިންތަކާއި ބްރޭންޑުތަކުގެ އައިނުތައް އެ ކުންފުނިން ލިބެން ހުރެ އެވެ. އައިނުގެ އިތުރުން ކޮންޓެކްޓު ލެންސާއި ލޮލުގެ ޑޮކްޓަރަށް ދެއްކުން ފަދަ ހިދުމަތް ވެސް އައިކެއާއިން ލިބެ އެވެ.